ހައުސިން މިނިސްޓްރީން ބުނި ގޮތުގައި މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމަކީ ކ. ވ. އދ. އއ. ޅ. އަދި ބ. އަތޮޅުގެ ރަށު ކައުންސިލްތަކަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.
މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އިމާރާތްކުރުމުގެ ގާނޫނާއި ގަވާއިދުތަކަށް ރަށު ކައުންސިލްތަކުގައި މަސައްކަތްކުރާ މުވައްޒަފުން އަހުލުވެރިކުރުވުން ކަމަށް ހައުސިން މިނިސްޓްރީން ބުންޏެވެ.
އިމާރާތް ކުރުމުގެ ގާނޫނުގެ އެންމެ މުހިންމު އެއް މަގުސަދަކީ، އިމާރާތްކުރުމުގެ މަސައްކަތްތައް އަމާންކަމާއި ރައްކާތެރިކަމާއެކު، ވަކި ފެންވަރެއްގައި ކުރިއަށްދާކަން ކަށަވަރު ކުރުމެވެ. ހަމައެއާއެކު، މި ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ޒިންމާތަކާއި، ހައްގުތައް ސާފުކޮށް ކަނޑައަޅައި، އިމާރާތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ނޭޝަނަލް ބިލްޑިން ކޯޑު އެކުލަވައިލުމަކީވެސް މި ގާނޫނުން ލާޒިމުކުރާ މުހިންމު ކަމެކެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;