ads
ދަރިފުޅު - 25 ވަނަ ބައި
އެޕިސޯޑް 25
Advertisement

ލިބުނީ ހައިރާންކަމެވެ. 

"އެ ހުރިހައި އެއްޗެއްހި ގެނެސް މީގެ ތެރެއަށް އަޅާ" ހިތްހަމަ ނުޖެހިފައި މާލިކް ބުންޏެވެ. 

އޭނާގެ ބަސްއެހުން ނޫން އެހެން އެއްގޮތެއްވެސް އަހަރެންގެ ކުރިމަތީގައި ނެތެވެ. 

ހިތާއި ދެކޮޅަށްވިޔަސް މަޑުމަޑުން ތެދުވީމެވެ. 

އަހަރެންނާއި ބީނިޝްގެ މާ ބައިވަރު އަންނައުނެއް ނުހުންނާނެ އެވެ. ހަރަދު ކުޑަ ދިރިއުޅުމަށް އަހަރެން ލޯބިކުރީމެވެ. އެ ނޫން އެހެން ގޮތެއްވެސް ނެތީ އެވެ. ލިބޭ އެއްޗެއްގެ މައްޗަށް، ލާޒިމް ހަރަދުތަށް ބިނާކުރީމެވެ. ބީނިޝްގެ 'ރައްކާތެރިކަމަށް' ފަހަށް ރައްކާކުރުމަކީ އަހަރެންނަށް ލާޒިމްކަމެކެވެ. 

އެކަމަށް އަހަރެން ފަރުވާތެރިވެ، ސަމާލުކަން ދިނީމެވެ. 

ދެ ފޮށި ފުރައިލެވޭވަރުގެ އަންނައުނު ދެ މައިން އަތުގައި ހުރީތީވެ، އުފާކުރަމެވެ. އަމިއްލަ ދިރިއުޅުމާއިމެދު މިއަދު މި އިހްސާސްކުރެވުނީތީ އަހަރެންގެ އަމިއްލަ ނަފުސަށް ފަހުރުވެރިވަމެވެ. 

އަލަމާރީގައި އިތުރަށް ހުރި އަހަރެންގެ ހުރިހައި އެއްޗެއް ގެނެސް، ފޮށީގެ ތެރެއަށް އަޅައިލީމެވެ. 

ހިތާއި މުޅި ހަށިގަނޑު  އިހްސާސްކުރަމުންދިޔަ ނުތަނަވަސްކަމެއް ކުއްލިޔަކަށް އަހަރެންގެ ސަމާލުކަމަށް އައުމަށް ވަގުތުކޮޅެއް ނަގައިފި އެވެ. 

ކުރިއަށްވުރެން އެތަށް ގުނައެއް އަހަރެންނާއި މާލިކް 'ދުރުވެއްޖެ' އެވެ. ބުނެލެވުނު 'ތުހުމަތުގެ އެ ޖުމުލައިގެ'ފަހުން އަހަރެންގެ ގައިގައި މާލިކް އަތެއް ނުލަ އެވެ. ކުރިއާއި އެއްގޮތަށް ކައިރިވެސް ނުވެ އެވެ.

ފޮށީގެ ޒިޕް އަޅުވައިލުމަށްފަހު ބިންމަތީގައި ފޮށި ބެހެއްޓި އެވެ.

އަހަރެންނާއި ދިމާއަށް ބަލައިވެސް ނުލައި ދެ އަތުން ދެ ފޮށި ހިފައިގެން ހިނގައިގަތެވެ. ކޮޓަރީން ނިކުތުމުގެ ކުރީން ކުއްލިޔަކަށް މާލިކް ހުއްޓުމުން، އަހަރެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ.

"ބީނިޝްއާއިއެކު ކައިރާއަށް ކޮޓަރީގައި އުޅެވޭނެ.. އެއީ ތި ދެ މީހުންގެ ކޮޓަރި" ފަސް އެނބުރުމެއްނެތި، އޭނާގެ މެސެޖް އަހަރެންގެ ސިކުނޑިއަށް ފޯރުކޮށްލާފައި ކުރިއަށް ހިނގައިގަތީ 'އޭނާގެ ގެއަށް' ދިއުމަށެވެ. 

ހިމޭންކަމާއެކު އޭނާގެ ފަހަތުން ދިއުން ނޫން އެހެން ގޮތެއް ނެތުމުން، ތުންދަމާފައި ހުރެވެސް އޭނާގެ ފަހަތުން އަހަރެން ހިނގައިގަތީމެވެ. 

ކޮޓަރިއަށް ވަދެ، އެއް ފަރާތުގައި ދެ ފޮށި ބެހެއްޓި އެވެ. އޭރުވެސް ބީނިޝް އޮތީ ޓީވީ ބަލާށެވެ. އެއްވެސް އެއްޗެއް ނުބުނެ މާލިކް ވަނީ އޭނާގެ 'ވޯކިން ކްލޯސެޓް' ތެރެއަށެވެ. ގިނަ އިރެއް ނުވެ، އެތަނުގެ ތެރެއިންވެސް މާލިކް ނިކުމެއްޖެ އެވެ.

"ބީނިޝް އާއި ކައިރާގެ ހުރިހައި އެއްޗެއް، އެތާ ތެރޭގައި ތަރުތީބު ކުރެވޭނެ" ބޭނުންވި ޖުމުލަ ބުނެލާފައި މާލިކް ނިކުމެގެން އެދިޔައީ އަހަރެންގެ މޫނަށް ބަލައިވެސް ނުލަ އެވެ. 

ހުސްކަމެއް އިހްސާސްކުރެވުނެވެ. ކީއްވެކަން ބުނެދޭކަށް  ނޭންގެ އެވެ. 

ހިނދުކޮޅެއްގެ ތެރޭގައި މާލިކްގެ މިޒާޖަށް އައި ބޮޑު ބަދަލު ހަޖަމުކުރާން އަހަންނަށް ފަސޭހައެއް ނޫނެވެ. ސަބަބެއް ދެނެގަނެވޭނީ މި ވާނުވާ އަހަރެންގެ ހިތާއި ނަފުސާއި އަދި ސިކުނޑިއަށްވެސް ރެއަކާލައިގެންތާ އެވެ!

ޖާގަ ތަނަވަސް ކަބަޑުތަކާއި ވަތްގަނޑުތަކުގައި އަހަރެންނާއި ބީނިޝްގެ ތަކެތި އަތުރާން ފެށީމެވެ. މިއީ ފަސޭހަ ކަމެއް ނޫނަސް، މި ކަން ނުކޮށް ނުވާނެތީ މި ފިޔަވަޅުނަގަން އަހަންނަށް މަޖުބޫރުވީ އެވެ.

"މަންމާ" އަހަރެންގެ ދަރިފުޅު ގޮވައިލި އަޑު އިވުނެވެ.

"ޔެސް ބޭބީ" އެ އުޅެނީ ސުވާލެއް ކުރާން ކަން ޔަގީންވި އެވެ. ޖަވާބު ދިނުމަށް އަހަރެން ތައްޔާރުވީމެވެ.

ލޯތްބާއެކު ސުވާލުކޮށްލީ ބީނިޝްގެ 'ބައްޕަ'އާއެކު ދެން އަހަރުމެން  ދިރިއުޅޭނީ މިގޭގައި ތޯ އެވެ؟ ސިކުންތެއްވެސް ބޭކާރުނުކޮށް އާއެކޭ ބުނެ ޖަވާބު ދިނީމެވެ. 

އެނދުމަތީގައި އޮވެފައި ލޯބި ހަރަކާތަކުން ޝުކުރު އަދާކުރަމުން ބީނިޝް ނަޝާލާފައި އުފާފާޅުކޮއްލި އެވެ. 

މާތްﷲ ގަންދީ ބުނަމެވެ. މި ދަރިފުޅުގެ އުފަލަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވުމަށްވެސް އަހަރެން ތައްޔާރެވެ. 

އަހަރުމެން ދެމައިންގެ ހުރިހައި އެއްޗެއް ތަރުތީބުކޮށް ނިމުނު ވަގުތު، މާލިކް ކޮޓަރިއަށް ވަނެވެ. އޭނާގެ އަތުގައިވާ ތައްޓަށް ބަލައިލެވުނީ ދެ ބުމަ ދޭތެރެއަށް ރޫ އަރުވައިލައިފަ އެވެ. 

އައިގޮތަށް އައިސް އެ ތަށި، މާލިކް ދިއްކޮއްލީ އަހަރެންގެ އަތަށެވެ. އެސްފިޔަ ޖަހައިނުލައި ހުރެ، އެއިގައި ހިފީމެވެ.

"މިއީ ކޯންޗެއް؟" އަހަރެން ސުވާލުކުރީމެވެ.

އަހަރެންގެ ސުވާލު މާލިކްގެ ކަންފަތާއި ހިސާބަކަށް ނުފޯރި އެވެ. އަޅައިވެސް ނުލައި ގޮސް އިށީނީ ބީނިޝްގެ ގާތުގައި އެނދުގައި އެވެ.

"ހާއި ކަޕްކޭކް"

"ޕާޕާ އައި ލިވް ވިތް ޔޫ، މަންމާ ސޭ އިޓް އޯކޭ" ބީނިޝްގެ ހިތުގައި އޮތް ސުވާލާއި، އަހަރެން ދިން މައުލޫމާތު އިތުރަށް ޔަގީން ކުރުމަށް ބޭނުންވާތީ އެ ހިއްސާކުރީ މާލިކް އާއި އެވެ.

"އައި ނޯ، އިޓްސް ގޮއިންގ ޓު ބީ ސޯ މަޗް ފަން" މާލިކް ބުނެލި އެވެ. އެ ޖުމުލައިގެ މާނަ ނަގަން ނޭނގުނީ އަހަންނަށެވެ. އެ ބުނެލުމުގެ މަގްސަދަކީ ކޮބައިބާ އެވެ؟ 

އަހަރެންނާއި ދިމާއަށް މާލިކް ބަލާކަން އިހްސާސްވުމުން، އޭނާއާއި ދިމާއަށް  ބަލައިލީމެވެ. ހަމަ ކުއްލިޔަކަށް އެހެން މިސްރާބަކަށް މާލިކްގެ ނަޒަރު ބަދަލުކޮށްލި އެވެ. 

މުޅި ދުވަހުގެ ބާކީ އޮތް ހުރިހައި ވަގުތެއް މާލިކްއާއި ބީނިޝް ހޭދަކުރީ ކުޅުމާއި މަޖާކުރުމުގައި އެވެ. އެ ދެ މީހުން އެ ޖަހާ ސަކަރާތެއް އަހަންނަކަށް ނުވެސް އެނގެ އެވެ. ހުނުމާއި ސަކަރާތުގެ އަޑުން ގޭގެ ހަތަރު ފާރު ގުގުމާލަ އެވެ. ބީނިޝް މި ވަރަށް ސަކަރާތްޖަހައި މަޖާކުރި ދުވަހެއް އޭނާގެ ހަޔާތުން އަހަރެން ހަނދާނެއް ނެތެވެ. 

ފަހަދުބޭބެ، އަދިވެސް ގެއަކަށް ނާދެ އެވެ. 

އަމިއްލަ ހިޔާލުތަކުގައި ވަގުތުތަށް ހޭދަކުރެވުނު ގޮތެއް އަމިއްލަ ނަފުސަށް ބުނެދޭންވެސް އަހަރެން ނުކުޅެދެ އެވެ. އެ ދެ މީހުންގެ މަޖަލުގައި އަހަރެން ބައިވެރިއެއް ނުވަމެވެ. 

ގަޑިން ނުވައެއް ޖެހީ އެވެ. ކުއްލިޔަކަށް ދުވެފައި ބީނިޝް އައިސް، އަހަރެންގެ ގައިގައި ބައްދާލި އެވެ. 

"މަންމާ ސްލީޕް" އާފުރިލަމުން، ބުނެލި އެވެ. މިހައި އިރުވަންދެން ނުނިދާ، މިރޭ ބީނިޝްއަށް ހުރެވުނީތީވެސް އަހަރެން ހައިރާންވި އެވެ. 

"މަންމަގެ ލޯބިވާ ދަރިފުޅު" ބީނިޝްގެ ބޮލުގައި ބޮސްދެމުން އަހަރެން ބުނީމެވެ.

ދެ އަތުގެ ތެރޭގައި ބީނިޝް ބޮނޑިކޮށްލީމެވެ. އުރާލައިގެން ކޮޓަރިއަށް ވަންއިރު ލެޕްޓޮޕް ހިފައިގެން މާލިކް އިށީންނަނީ އެވެ. 

ފާހާނާއަށް ވެއްދުމަށްފަހު ދަތްއުނގުޅުވައި، ގައި ދޮއްވައި އަދި ނިދާއެއްޗެހި ލައްވައިގެން ކޮޓަރިއަށް ނެރި އެނދުގައި ބޭއްވީމެވެ. ނިއްކުރިއާއި މޫނުގައި ބޮސްދިނުމަށްފަހު، އެނދުގެ ވާތްފަރާތުން މަގަތުގައި އަހަރެން އިށީނީމެވެ. 

"ގުޑްނައިޓް ކަޕްކޭކް" ބީނިޝްގެ ބޮލުގައި ބޮސްދީފައި މަޑުމަޑުން ކަންފަތް ދޮށުގައި މާލިކް ބުނެލީ ލޯތްބާއެކު އެވެ.

"ނިދުމުގެ ކުރީން ޝަހާދަތްކިޔައި ދުއާތަށް ކިޔާލަންވާނެ.. އޯކޭ؟" މާލިކް ސުވާލުކޮށްލީ ނުހަނު ލޯބިން، ބީނިޝް މޫނުގައި ފިރުމާލާފަ އެވެ.

"އޯކޭ ބައްޕާ" އަހަރެންގެ ލޯބި ދަރިފުޅު ބުނެލި އެވެ.

ނިދާގަޑީގައި އަހަރެން އާންމުކޮށް ކިޔައިދޭ ދުއާތަކަށްވުރެން އިތުރަށްވެސް މާލިކް ބީނިޝްއަށް ކިޔައިދިނެވެ. އަހަރެން އެންމެ ހައިރާންވީ ބަގަރާ ސޫރަތުގެ ފަހު ދެ އާޔަތްވެސް ބީނިޝްއަށް މާލިކް ހިތުން ކިޔައިދިނީތީ އެވެ. 

އަހަރެންގެ މައުލޫމާތު ކުށް ނޫންނަމަ، މާލިކްގެ ހަޔާތުން ބޮޑުބައި އޭނާ ހޭދަކުރީ ރާއްޖޭން ބޭރުގައި އެވެ. މާލިކްގެ އުމުރުގެ ފިރިހެނަކު، މިފަދަ މާތް އަދަބާއި އަހްލާގް ގެންގުޅެފާނެކަމަށް ވިސްނިފައި ނެތުމުން އަހަރެންގެ  ދަތްދޮޅި ތިރިކޮށްލައި އިސްޖަހައިލެވުނެވެ.

"ގުޑްނައިޓް ބައްޕާ" ނުހަނު ލޯތްބާއެކު ފަނޑުގޮތަކަށް ބީނިޝް ބުނެލި އިރު، ލޯބި ލޯބި އެސްފިޔަތަށް ތިރިވެއްޖެ އެވެ.

ބީނިޝް އޮތީ އެއް އަތުން މާލިކްގެ ޓީޝާޓްގައި ހިފަހަށްޓާލައިގެންނެވެ. އަނެއް އަތުން އަހަރެންގެ އަތުގައި ބައްދާލައިގެންނެވެ. ލޯތްބާއެކު ދަރިފުޅުގެ ބޮލުގައި އަހަރެން ފިރުމާލީމެވެ. 

މާޝާ ﷲ އެވެ. ގަދަ ނިދީގެ ތެރެއަށް ދަތުރުކުރުމަށް ބީނިޝްއަށް މިރޭ ހިނދުކޮޅެއްވެސް ނުނެގި އެވެ. (ނުނިމޭ)

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;