ads
ރައީސް ޑރ. މުހައްމަދު މުއިއްޒު
2028 ޖުލައި 26އަށް ނިމޭނެކަމަށް ރައީސް ވިދާޅުވި ލިސްޓު
2028 ޖުލައި 26 އަށް ސަރުކާރުގެ ހިންގާ މަޝްރޫއުތައް ނިންމާނެކަމަށް ވިދާޅުވެ ނިންމާނެކަންކަމުގެ ލިސްޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ.
Advertisement

އެމަނިކުފާނު މި ލިސްޓު އިއުލާން ކުރައްވާފައިވަނީ މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި އިއްޔެ ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެގޮތުން 2028 ގެ ޖުލައި 26 ނިންމިފައި ހުންނާނެ 30 ކަމެްގެ ލިސްޓު އެމަނިކުފާނު ވަނީ އިއުލާންކުރައްވާފައެވެ. 

މީގެ ދެ އަހަރު ފަހުން 2028 ޖުލައި 26 ނިމިފައި ހުންނާނެކަމަށް ރައީސް މުއިއްޒު ވިދާޅުވި ލިސްޓު 

  1. ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހުންނާނީ ނިމިފައި.
  2. ކުނިކޮށި ޤާއިމުކޮށް، ވޭސްޓް މެނޭޖްމަންޓް ސެންޓަރުތައް ހުންނާނީ ހުޅުވިފައި.
  3. ފިޓްނަސް ރިކްރިއޭޝަން ސެންޓަރުތައް ހުންނާނީ ހުޅުވިފައި. 
  4. އައުޓްޑޯ ޖިމްތައް ހުންނާނީ ހެދިފައި. 
  5. ކުޑަކުދިންގެ ޕާކުތައް ހުންނާނީ ހެދިފައި. 
  6. އޭ.ޓީ.އެމް.ތައް ހުއްނާނީ ބެހެއްޓިފައި . 
  7. ފުލުހުންގެ އަމިއްލަ މަރުކަޒުތައް ހުންނާނީ ޤާއިމުކުރެވިފައި. 
  8. ލެބޯރެޓަރީ ހިމެނޭހެން، ހުރިހާ ރަށެއްގައި ސިއްހީ ހިދުމަތް ހުންނާނީ ވަރުގަދަކުރެވިފައި. 
  9. ސްކޫލް އިންފްރާސްޓްރަކްޗާ އިންކްލޫސިވް އެޑިޔުކޭޝަންގެ ނިޒާމު ހިމެނޭގޮތަށް ހުންނާނީ ވަރުގަދަކުރެވިފައި. 
  10. ގުރްއާނާބެހޭ މަރުކަޒުތައް ހުންނާނީ ޤާއިމުކުރެވިފައި. 
  11. ފުޓްސަލް، ނޫނީވިއްޔާ ފުޓްބޯޅަ ދަނޑުތައް ހުންނާނީ ޤާއިމުކުރެވިފައި. 
  12. ކަރަންޓާއި ކޭބަލް އަދި ޖެންސެޓް ފަދަ ކަރަންޓާ ގުޅޭ ހުރިހާ ކަންކަން، ހުރިހާ ރަށެއްގައި ރާއްޖޭގެ ތާރީހުގައި ފުރަތަމަފަހަރަށް ހުންނާނީ ޤާއިމުކުރެވިފައި. 
  13. ކޮންމެ އަތޮޅެއްގައި އެސް.ޓީ.އޯ. ރޭޓުގައި ތެޔޮވިއްކާ ޝެޑުތައް ހުންނާނެ. 
  14. ކޮންމެ އަތޮޅެއްގައި 30 މިނިޓުން ދެވޭ ހިސާބުގައި އިތުރު އެއާޕޯޓުތައް ހުންނާނެ. 
  15. ކޮންމެ އަތޮޅެއްގައި ސީޓީ ސްކޭނާއި، ޑައަލިސިސްއާއި، ޕެޕްސްމިއާއާއި، މެމޮގްރަފީއާއި، ބްލަޑް ބޭންކާއި، ތެލެސީމިއާ ހިދުމަތާއި، އިތުރު ކަންކަންވެސް ކޮންމެ އަތޮޅަކުން ލިބޭނެ 
  16. މާލޭގައި މިހިރަ ކަހަލަ ސްޕޯޓްސް ކޮމްޕްލެކްސްތައް ހުންނާނީ ރަށްރަށުގައި ޤާއިމުކުރެވިފައި.
  17. އެމް.އެން.ޔޫ.، އައި.ޔޫ.އެމް.ގެ ކެމްޕަސްތައް ކޮންމެ އަތޮޅެއްގައި ހުޅުވިފައި ހުންނާނެ. 
  18. ކޮންމެ އަތޮޅެއްގައި އިސްލާމިކް ސެންޓަރުތައް ހުޅުވިފައި ހުންނާނެ. 
  19. ކޮންމެ އަތޮޅެއްގައި ބޯހިޔާވަހިކަން ޤާއިމުކޮށްދީފައި ހުންނާނެ.
  20. މަދުވެގެން 100 ރަށުގައި ކައުންސިލް އިމާރާތް ނިންމައި ހަވާލުކުރެވިގެންދާނެ. 
  21. ކަރަންޓަށް ކުރާ ހަރަދު، މަދުވެގެން 33 އިންސައްތަ ރިނިއުބަލް އެނާޖީއަށް ހުންނާނީ ބަދަލުކުރެވިފައި. 
  22. ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މަދުވެގެން ފަސް މިލިއަން ގަސް އިންދައި ހުންނާނީ ނިމިފައި. 
  23. މޯލްޑިވްސް 2.0 އޭގެ ފުރިހަމަ މާނައިގައި ހުންނާނީ ތަންފީޒު ކުރަން ފެށިފައި. 
  24. ކޮންމެ ރައްޔިތެއްގެ ޖީބަށް ޑޮލަރު ވަންނަ 10 ރިޒޯޓު ޤާއިމުކުރުމުގެ މަޝްރޫއު ބޮޑުތަނުން އޮންނާނީ ކުރިއަށް ގޮސްފައި. އެ މަޝްރޫއު 2030 އަންނަންވާއިރަށް އޮންނާނީ ނިމޭ ހިސާބުގައި. 
  25. ވިލިމާލެ ހޮސްޕިޓަލް ހުންނާނީ ނިމުމަކާ ހަމަޔަށް ގޮސްފައި. 
  26. މާލޭގެ މަގުހެދުމުގެ މަޝްރޫއު، ޗައިނާ ސަރުކާރުގެ އެހީގައި ހިނގާ ދެވަނަ މަޝްރޫޢު. އެވެސް ވަރަށްބޮޑު ތަނުން ކުރިއަށްދާނެ. 
  27. ތިލަމާލެ ބްރިޖު އޮންނާނީ ހުޅުވިފައި. 
  28. މާލޭގެ ޕޯޓު އޮންނާނީ ތިލަފުއްޓަށް ބަދަލުކުރެވިފައި
  29. މާލޭގެ އެކި ތަންތާނގައި ޕާކިން ބިލްޑިންތައް ހުޅުވާނަން. 
  30. މާލޭގެ އެކި ތަންތަނުގައި އެކިއެކި ކުޅިވަރުގެ އިންޓްރެސްޓް ހުރި ފަރާތްތަކަށް އެކި ސްޓޭޑިއަމްތައް ޤާއިމުކޮށް ހުޅުވިފައި ހުންނާނެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;