ads
އާ މަނަވަރު އިފްތިތާހުކުރުމުގެ ރަސްމިއްޔާތު - ފޮޓޯ: ރައީސް އޮފީސް
އޮސްޓްރޭލިއާއިން ހަދިޔާކުރި އާ މަނަވަރު ހިދުމަތަށް ނެރެފި
އޮސްޓްރޭލިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެއަށް ހަދިޔާކުރި ނޭވީ މަނަވަރު ރަސްމީކޮށް މިރޭ ހިދުމަތަށް ނެރެފި އެވެ.
Advertisement

މަނަވަރު "އިމާދުއްދީން" ރާއްޖެ ގެނައީ މިދިޔަ މަހުގެ 15ވަނަ ދުވަހެވެ.

މަނަވަރު ކޮމިޝަންކުރައްވައި ހިދުމަތަށް ނެރެދެއްވީ އެކަމަށްޓަކައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި އުޅަނދަކީ އޮސްޓްރޭލިޔާއާއި ދިވެހިރާއްޖެއާއި ދެމެދުގައި އޮތް ވަރުގަދަ ބަދަހި ގުޅުމުގެ ރަމްޒެއްގެ ގޮތުގައި އޮސްޓްރޭލިޔާގެ ޑިފެންސް ކޯޕަރޭޝަން ޕްރޮގްރާމްގެ ދަށުން ހަދިޔާކޮށްފައިވާ އުޅަނދެކެވެ. މިއުޅަނދަކީ، އޮސްޓްރޭލިޔާގެ ޕާތުގެ ހެންޑަސަން ޝިޕްޔާޑުގައި، އޮސްޓަލް ލިމިޓެޑުން ބަނދެފައިވާ މުޅިން އާ އުޅަނދެކެވެ. 

މި އުޅަނދު ރާއްޖެއަށް އައުމުގެ ކުރިން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ފަޅުވެރިން ވަނީ އޮސްޓްރޭލިޔާގައި މި އުޅަނދު އޮޕަރޭޓްކުރާނެ ގޮތުގެ ހާއްސަ ތަމްރީނުތަކާއި ފެމިލިއަރައިޒޭޝަން ޓްރަޔަލްސްތައް ފުރިހަމަކޮށްފަ އެވެ.

ފާހަގަކުރެވޭ ގޮތުގައި މިދިޔަ އަހަރުގެ ތެރޭ ތުރުކީވިލާތުން ވެސް ވަނީ ރާއްޖެއަށް އަސްކަރީ މަނަވަރެއް ހަދިޔާކޮށްފަ އެވެ. އޭގެ އިތުރުން ރާއްޖޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ޑްރޯންތަކެއް ވެސް ތުރުކީވިލާތުން ގަނެ, ރާއްޖެ ގެނެސްފައި ވެއެވެ.

ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ދެގުނަކޮށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ފުރިހަމައަށް ބެލެހެއްޓޭނެ ފަދަ ބާރަކަށް އެމްއެންޑީއެފް ހެއްދެވުމަކީ ރައީސްގެ ވައުދުފުޅެކެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;