ads
ހިތަދޫ އުތުރު ގޮނޑި ކާމިޔާބުކުރެއްވި އައްޑޫގެ ކުރީގެ މޭޔަރު، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސާދިގު
ހިތަދޫ އުތުރު ގޮނޑީގެ ރަސްމީ ނަތީޖާ، މޮޅުވީ ހަމަ ސޯބެ
މދިަޔަ ހޮނިހިރު ދުވަހު ބޭއްވި އައްޑޫ ސިޓީގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އިއުލާންކޮށްފިއެވެ.
Advertisement

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރި ރަސްމީ ނަތިޖާ ދައްކާގޮތުން ކުރިން އިއުލާންކުރި އެ ދާއިރާގެ ވަގުތީ ނަތީޖާއަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެއެވެ. 

އެ ދާއިރާގެ ގޮނޑި އައްޑޫގެ ކުރީގެ މޭޔަރު، އެމްޑީޕީގެ ކެންޑިޑޭޓު އަބްދުﷲ ސާދިގު (ސޯބެ) ކާމިޔާބު ކުރެއްވީ 1،375 ވޯޓުންނެވެ. އެއީ ވޯޓްލީ މީހުންގެ 51.15 އިންސައްތަ މީހުންގެ ތާއީދު ލިބިގެންނެވެ. 

އިންތިހާބުގައި ދެން ވާދަކުރެއްވީ ޕީއެންސީގެ ކެންޑިޑޭޓު އަހުމަދު ސައީދު (ސޮޑާ) ލިބުނީ 1،313 ވޯޓުއެވެ. އެއީ ވޯޓްލީ މީހުންގެ 48.85 އިންސައްތައެވެ.

ހިތަދޫ އުތުރު ދާއިރާގެ އިންތިހާބުގައި 4121  މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވާއިރު އެދުވަހު ވޯޓްލާފައިވަނީ 2730 މީހުންނެވެ. ބާތިލު 42 ވޯޓްވެސް ހިމެނެެވެ. 

އެމްޑީޕީގެ މި ކާމިޔާބީއާއި އެކު މަޖިލީހުގައި އެމްޑީޕީގެ މެމްބަރުންގެ އަދަދު 12 އިން 13 އަށް އިތުރުވީ އެވެ. އަދި ސަރުުކާރު ހިންގާ ޕީއެންސީގެ ސުޕާ މެޖޯރިޓީި މެމްބަރުންގެ އަދަދު 75 ކުން 74 ވެއްޓުނީ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;