ads
މަކުނުދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފެށުން
ހދ. މަކުނުދޫ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިފި
ރާއްޖޭގެ އެންމެ ހުޅަނގުން އޮންނަ ހދ. މަކުނުދޫގައި އަޅާ އެއާޕޯޓްގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
Advertisement

މަކުނުދޫ ފަޅުން ބިން ހިއްކުމާއި އެ ރަށުގައި އެއާޕޯޓެއް ތަރައްގީ ކުރުމުގެ މަޝްރޫއު ސަރުކާރުގެ ކުންފުނި، އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ އޮގަސްޓްމަހުގެ 26 ވަނަދުވަހުއެވެ. 

މަކުނުދޫގެ ބިން ހިއްކާ އިރު އެއާޕޯޓަށް ބޭނުންވާ ބިމުގެ އިތުރުން ރަށުގެ ބޭނުމަށް ވެސް 22 ހެކްޓަރު ހިއްކާނެ އެވެ. މަކުނުދޫ އެއާޕޯޓް ތަރައްގީކޮށް ނިމުމުން އެ އެއާޕޯޓް އޮޕަރޭޓް ކުރާނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިންނެވެ. މަކުނުދޫ އެއާޕޯޓް ތަރައްގީކުރަން ކުރިން ނިންމީ 1500 މީޓަރުގެ ރަންވޭއަކާއެކުއެވެ. އެހެންނަމަވެސް ރަށުގެ ރައްޔިތުންގެ އެދުމާއެކު ރަންވޭ 1800 މީޓަރަށް ބޮޑުކުރަން ސަރުކާރުން ވަނީ ނިންމާފައެވެ. 

އެމްޓިސީސީއިން ވަނީ މަކުނުދޫ އެއާޕޯޓް އެޅުމުގެ އަމަލީ މަސައްލަތް ފަށާފައެވެ. އެގޮތުން ފަޔާ ސްޓޭޝަން އަޅައި ސަރަހައްދު ސާފުކޮށް ބިން ކޮނުމުގެ މަސައްކަތް ވަނީ ފަށާފައެވެ. 

މަކުނުދޫގައި އެއާޕޯޓެއް އެޅުމުގެ މަސައްކަތް ކުރީގެ ސަރުކާރުން ފެށި އެވެ. އަދި އެ އެއާޕޯޓަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް ކްރޮސް ސަބްސިޑީ އުސޫލުން މަސައްކަތް އޭރު ހަވާލުކުރީ މަސް ބޭރުކުރުމުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ބިގް ފިޝްއާ އެވެ.

މަކުނުދޫ އެއާޕޯޓަށް ބޭނުންވާ ބިން އޭރު ހިއްކީ އެ ރަށުގެ ދެކުނު ބިތުން ފެށިގެން, އެއް ފަޅެއްގެ ތެރޭގައި އޮންނަ ހުރައާ ދޭތެރޭގަ އެވެ. އޭރު 43.12 ހެކްޓަރުގެ ބިންވަނީ ހިއްކާފައެވެ. އަދި ހިއްކާ ސަރަޙައްދު ހިމާޔަތްކުރުމަށް 3493 މީޓަރުގެ ރިވެޓްމަންޓެއް ވަނީ ޖަހާފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;