ޗާގޯސްގެ މިލްކުވެރިކަމުގެ މައްސަލައިގައި މޮރިޝަސް އިން ވަނީ 2018 ވަނަ އަހަރު އިނގިރޭސިވިލާތުގެ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) ހުށައަޅާފައެވެ. މައްސަލަ ހުށައެޅިތާ އަަހަރެއް ފަހުން 2019 ވަނަ އަހަރުގެ ފެބްރުއަރީ މަހު އެކޯޓުން ނެރުނު ކޯޓުންއިސްތިޝާރީ ލަފާގައި ބުނެފައި ވަނީ ޗާގޯސްގެ ސިޔާދަތީ ބާރު ލިބިގެންވަނީ މޮރިޝަސް އަށް ކަމަށެވެ.
އެ ނިންމުމާއިއެކު މޮރިޝަސް އިން އެ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ހުށަހެޅި އެވެ. އެއީ ޗާގޯސްއަށް ހިނގާނީ މޮރިޝަސްގެ ބާރު ކަމަށް ވާތީ ހިރާއްޖެ އާއި ޗާގޯސްގެ ކަނޑުގެ ސަރަހައްދާ ފުށުއަރާ ހިސާބުގެ އިން ވަކިކޮށްދިނުމަށް އެދި އެވެ. އެ ޓްރައިބިއުނަލް ވަނީ މޮރިޝަސް އިން ހުށަހެޅި ގޮތަށް ކަނޑުގެ ސަރަހައްދު އިން ވަކިކޮށްދީފަ އެވެ.
އިނގިރޭސި ނޫހެއް ކަމަށްވާ ދަ ޓެލެގްރާފުން ރިޕޯޓުކޮށްފައިވާ ގޮތުގައި އިނގިރޭސި ސަރުކާރުން އެކުލަވާލި އެއްބަސްވުމާމެދު ހިތްހަމަނުޖެހި ވައިޓް ހައުސްއިން ވަނީ ޕްލޭންތަކެއް އެކުލަވާލާފަ އެވެ. އެމެރިކާގެ އެންމެ މުހިންމު އެއް އަސްކަރީ މަރުކަޒު ހިންގަނީ ޗާގޯސްގެ ޑިއޭގޯ ގާސިއާގަ އެވެ.
އެމެރިކާއިން މިފަދަ ވިސްނުމެއް ގެންގުޅޭ އިރު މުޅި ދުނިޔޭގައި ސްޓްރެޓީޖިކް ގޮތުން މުހިއްމު މިލިޓަރީ ބޭސްތައް ދަމަހައްޓަން އެމެރިކާގެ އެތެރެއިން ސަރުކާރަށް ގޮވާލާ ގޮވާލުންތަކުގެ އަޑު، އީރާނާ ދެކޮޅަށް އެގައުމުން ފެށި ހަނގުރާމައާ އެކު ވަނީ ގަދަވެފަ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ގެއްލުނު ބައި ހޯދުމަށާއި، މި މައްސަލައިގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ބައިނަލްއަގުވާމީ މައިދާނުގައި މަސައްކަތް ކުރަމުންނެވެ.
ޗާގޯސްގެ މައްސަލައިގައި ހިޔާލުތަފާތުވުން ބޮޑުވެ މޮރިޝަސް އިން ރާއްޖެއާ އެކު އޮތް ހާރިޖީ ގުޅުން ވަގުތީ ގޮތުން ވަނީ މެދުކަނޑާލައިފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;