ads
ރައީސް މުއިއްޒާއި ކުރީގެ ފިނޭންސް މިނިސްޓަރު ޒަމީރު
ޒަމީރު ދެއްވީ ރައީސް މުއިއްޒުއާއިއެކު ހުންނަވާނެ ކަމުގެ ޔަގީންކަން!
އަބަދުވެސް ހުންނަވާނީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެކުގައި ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު މިރޭ ވިދާޅުވެއްޖެ އެވެ.
Advertisement

އިއްޔެއާ ހަމައަށް ފިނޭންސް މިނިސްޓަރަކަށް ހުންނެވުމަށް ފަހު، ކުއްލިގޮތަކަށް ޒަމީރު ވަނީ އެ މަގާމުން އިސްތިއުފާ ދެއްވާފަ އެވެ. ސަރުކާރުގެ އިސް ތަރުޖަމާނު ހުސައިން ޝަރީފް (މުންދު) ވިދާޅުވި ގޮތުގައި، ޒަމީރު އިސްތިއުފާ ދެއްވީ ސިއްހީ ސަބަބުތަކަށްޓަކައެވެ.

މަގާމުން އިސްތިއުފާދެއްވިފަހުން އާއްމު ތަނެއްގައި ފުރަތަމަ ފަހަރަށް ވާހަކަދައްކަވަމުން ޕީއެންސީން މިރޭ ބޭއްވި އެ ޕާޓީގެ ހަރުގެ ޖަލްސާގައި ޒަމީރު ވިދާޅުވީ މީގެ ކުރިން 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ޕާޓީއާ ދުރަށް ވަޑައިގެންނެވި ކަމަށެވެ. ސަބަބެއްކަމަށް ޒަމީރު ވިދާޅުވީ އާ ޒުވާން ބޭފުޅުންނަށް ޕާޓީގެ ކަންކަމުގައި އުޅުއްވުމުގެ ފުރުސަތު ދެއްވަން ބޭނުންފުޅުވުމެވެ.

މީގެއިތުރުން، މަގާމުން އިސްތިއުފާ ދެއްވި ނަމަވެސް، ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް ހުންނާނެކަން ޒަމީރު ހާމަކުރެއްވި އެވެ.

"ޕާޓީއަށް ބޭނުންވާ ދުވަހު އަބަދުވެސް އަޅުގަނޑު ހުންނާނަން. އެއީ ޕާޓީގެ އިލެކްޝަނަކަށް ވިޔަސް މަގާމަކަށް ދާންވިޔަސް. އެހެންވީމަ އަޅުގަނޑު މި ހުރީ ގަަދަކޮށް ރައީސް މުއިއްޒާއެކުގައި. އަބަދުވެސް ހުންނާނީ ރައީސް މުއިއްޒުގެ ފިކުރާ އެކީގައި" ޒަމީރު ވިދާޅުވި އެވެ

ޒަމީރު ވަނީ 500 މިލިއަންގެ ސުކޫކު އަނބުރާ ދައްކައި، ރާއްޖެ އޮތް ދަރަނީގެ ހާލަތުން ސަލާމަތް ކުރުމުގައި ރައީސް އެޅުއްވި ދުރުވިސްނޭ ފިޔަވަޅުތަކަށް ތައުރީފު ކުރައްވައިފަ އެވެ.

މިގޮތުން، އެ ބޮޑު ދަރަނި ނުދެއްކޭނެ ކަމަށް ދުނިޔޭގެ މާލީ އިދާރާތަކުން ސުވާލު އުފައްދަމުން ދަނިކޮށް، އައިއެމްއެފްގެ ބެއިލްއައުޓަކަށް ނުދާން ނިންމަވައި، ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތް ކޮށްދެއްވުމަކީ، ތާރީހީ ކާމިޔާބީއެއްގެ ގޮތުގައި ޒަމީރު ސިފަކުރެއްވި އެވެ.

ގަދަކޮށް ރައީސް ޑރ.މުއިއްޒާއެކު ހުންނެވިކަމަށާއި ޕާޓީއާއި ފިކުރު ކުރިއެރުވުމަށްޓަކައި ރައީސްް ހަވާލުކުރައްވާ ކޮންމެ ޒިންމާއެއް އަދާކުރެއްވުމަށް ތައްޔާރަށް ހުންނެވިކަމުގެ ޔަގީންކަން ޕާޓީގެ އާއްމު މެންބަރުންނަށް ޒަމީރު ދެއްވި އެވެ. 
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;