ads
ރާއްޖެ ވައްދަނިކޮށް މީގެކުރިން އަތުލައިގެތް ހަޝިޝް އޮއިލް އަޅާފައި ހުރި ފުޅިތަކެއް
6 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ކަސްޓަމްސްއިން އަތުލައިގަނެފި
6 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.
Advertisement

ކަސްޓަމުން ބުނީ މިތަކެތި އަތުލައިގަތީ އިއްޔެކަމަށެވެ. އަދި މި ތަކެތި އަތުލައިގަތީ ވައިގެ މަގުން އެތެރެކުރަން އުޅެނިކޮށްކަމަށް ކަސްޓަމުން ބުނެއެވެ. 

ކަސްޓަމްސްއިން ބުނީ އަތުލައިގަތް އެ މަސްތުވާތަކެތީގެ ބަރުދަނުގައި 8490 ގްރާމް (8.49 ކިލޯ) ހުރިކަމަށެވެ. އަދި ކުރި ތަހުލީލުތަކުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްކަން އެނގިފައިވާކަމަށްވެސް ކަސްޓަމުން ބުނެއެވެ. 

ކަސްޓަމުން ބުނީ މި ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ. އެހެންނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ކަސްޓަމުން އަދި ފުލުހަކުންވެސް މިހާތަނަށް ދީފައެއް ނުވެއެވެ. އެހެންކަމުން މީ ކޮންގައުމެެއްގެ ބަޔަކު އެތެރެކުރަން މަސައްކަތް ކުރި އެއްޗެއްކަމެއް ނޭނގެއެވެ. 

ފަހަކަށް އައިސް ރާއްޖެއަށް ވަންނަ އިންޑިއާގެ ޒުވާނުންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަންނަނީ ފެންނަމުންނެވެ. އެ މައްސަލަތަކުގައި ހައްޔަރުކުރި މީހުން ބުނީ އެމީހުން ރާއްޖެއައިސް ފައިވަނީ ގުރުއަތުކުން ހޮވިގެން ފޮނުވި ދަތުރުތަކެއްގައިކަމަށެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;