އެބޭފުޅުންނަށް އައްޑަނަ ހަވާލުކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒުއެވެ.
ނޮވެންބަރު 3 ގެ އައްޑަނަ ލިބިވަޑައިގެންނެވި ބޭފުޅުންނަކީ، 1988ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3ވަނަ ދުވަހުގެ އުދުވާނީ ހަމަލާގެ ވަގުތުގައި ރެކީ ޕެޓްރޯލަށް ނިކުންނެވި ބޭފުޅުންގެ ތެރެއިން ދުނިޔޭގައި ތިއްބެވި 5 ބޭފުޅުން ކަމުގައިވާ ސާޖެންޓް ފަސްޓްކްލާސް (ރިޓަޔާޑް) އިބްރާހީމް ޝަރީފާއި، ސްޓާފް ސާޖެންޓް (ރިޓަޔާޑް) ހުސައިން އަލީއާއި، ސާޖެންޓް (ރިޓަޔާޑް) ހުސައިން މަނިކާއި، ކޯޕްރަލް (ރިޓަޔާޑް) ޢަބްދުﷲ ނަސީމާއި، ލާންސް ކޯޕްރަލް (ރިޓަޔާޑް) އަބްދުﷲ މުފީދެވެ.
މީގެ އިތުރުން މި ޖަލްސާގައި، ނޮވެންބަރު 3 ގެ ހުށަހެޅުން "ލޭގެ ޖިހާދު" ގެ ނަމުގައި، ދިވެހި ސިފައިން ތަމްސީލެއް ހުށަހަޅައި ދެއްވިއެވެ. ރޭގެ ޖަލްސާގައި ދިވެހި ސިފައިންގެ ޤައުމީ ލަވަ އަލްބަމް ނެރެދެއްވީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ މުހައްމަދު މުއިއްޒު އެވެ.