ads
މާލޭ ސިޓީ ކައުންސިލްގެ ކުރީގެ މެންބަރު މުހައްމަދު އައިމަން އިސްމާއީލް. -- ފޮޓޯ: ސޯޝަލްމީޑިއާ
ޖިންސީ ގޯނާގެ ތުހުމަތުގައި ކުރީގެ ކައުންސިލަރު އައިމަން ހައްޔަރުކޮށްފި
މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު) ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފި އެވެ.
Advertisement

ފުލުހުން މިރޭ ބުނިގޮތުގައި ކުޑަކުއްޖަަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ:

  • މާފަންނު ދެކުނު ދާއިރާގެ ކުރީގެ ކައުންސިލަރު މުހައްމަދު އައިމަން އިސްމާއީލް (އާނު) 

މި މައްސަލަ ތަހުގީގު ކުރަމުންދާތީ އާއި މައްސަލައިގެ ބާވަތުން ފުލުހުން އިތުރު ތަފްސީލެއް ނުދެ އެވެ.

މާލޭ ސިޓީ ކައުންސިލަށް އައިމަން ހޮވާފައިވަނީ 2014 ވަނަ އަހަރު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގަ އެވެ.

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ފޮރިން މިނިސްޓަރު އަދި ރައްޔިތުންގެ މަޖިލިހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވެސް ވަނީ ރޭ ހައްޔަރުކޮށްފަ އެވެ. އޭނާ 30 ދުވަހަށް ބަންދު ކުރަން ކްރިމިނަލް ކޯޓުން މިއަދު ވަނީ އަމުރުކޮށްފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް