ކައުންސިލްތަކުގެ ސެކްރެޓަރީ ޖެނެރަލުންނަކީ ކައުންސިލްތައް އިދާރީ ގޮތުން ހިންގުމުގެ އެންމެ އިސް ފަރާތެވެ.
އަތޮޅު ކައުންސިލްތައް އުވާލުމުން އެސްޖީންތައް މަގާމުން ވަކިކުރީ އިއްޔެއެވެ. އެމީހުން މަގާމުން ވަކިކުރަން ނިންމާފައިވަނީ ނޯޓިސްގެ މުއްދަތުގެ ފައިސާ އަދި "ރިޑަންޑެންސީ އިނާޔަތް" ލިބޭ ގޮތަށްކަން ވަނީ އެނގިފަ އެވެ.
އަތޮޅު ކައުންސިލުތައް އުވާލަން ގާނޫނުއަސާސީއަށް ގެނައި ބަދަލުތައްް ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގުކުރެއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ އެކެއްގައެވެ. މި ސަރުކާރުގެ ސުޕާ މެޖޯރިޓީ އޮތް މަޖިލިހުން އެގޮތަށް ފާސްކޮށްފައިވަނީ އެ ނިންމުމަކީ ސަރުކާރުން ކައުންސިލްތަކުގެ ބާރު ހަނިކުރުންކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން އިދިކޮޅުން ފާޅުކުރަމުންް ދަނިކޮށެވެ.
އާ ކައުންސިލަރުން މިިދިޔަ މަހުގެ 17 ގައި ހުވާކުރުމާއެކު އަތޮޅު ކައުންސިލްތައް ވަނީ އުވިފަ އެވެ. އަދި އެ ތަންތަން ބަދަލުކޮށްފައިވަނީ އެލްޖީއޭގެ އަތޮޅު އޮފީހަށެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;