ads
8 ކިލޯގެ ހަޝިސް އޮއިލް އެތެރެކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން
8ކިލޯގެ ޑްރަގު އެތެރެކުރީ 3ދިވެހިންނާއި އިންޑިއާ 2މީހުން
8 ކިލޯގެ ހަޝިސް އޮއިލް އެތެރެކުރުމުގައި އުޅުނީ 3 ދިވެހިންނާއި އިންޑިއާ 2 މީހުންކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފިއެވެ.
Advertisement

ކަސްޓަމްސްއިން ބުނީ މިދިޔަ އަންގާރަ ދުވަހު ވެލާނާ އެއާޕޯޓުން އަތުލައިގަތް އެ މަސްތުވާތަކެތީގެ ބަރުދަނުގައި 8490 ގްރާމް (8.49 ކިލޯ) ހުރިކަމަށެވެ. އަދި ކުރި ތަހުލީލުތަކުން އެއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހަޝިޝް އޮއިލްކަން އެނގިފައިވާކަމަށްވެސް ކަސްޓަމުން ވަނީ ބުނެފައެވެ. ކަސްޓަމުން ބުނީ މި ތަކެތީގެ މަގުމަތީ އަގު ހަ މިލިއަން ރުފިޔާއަށް އަރާނެކަމަށެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އިންޑިއާއަށް ނިސްބަތްވާ ދެމީހުން ކަމުގައިވާ މުހައްމަދު މުސްތާކް ޖަމާލް (29އ) އާއި ސިރަޖުދީން ރަޝިތާ (26އ) އާއި މުކުރިމަގު ، ފޭރުގަސްދޮށުގެ ، ލ.ގަން / އަހްމަދު އަފްރާހް (33އ) އާއި ކ.މާލެ / ހ.ކަހަފަތި ، އިލްޔާސް އަހްމަދު (42އ) އާއި ކ.މާލެ / ގ.ހޭޅި ، ޙަސަން ޝަމްޢޫން (36އ) އެވެ. 

މި ފަސްމީހުންނަކީ އަށް ކިލޯ އަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރިކަމުގެ ތުހުމަތުގައި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި ފުލުހުންނާ ހަވާލުކުރި ފަސް މީހުންކަމަށް ފުލުހުން ބުނެއެވެ. 

މި މައްސަލައާ ގުޅިގެން މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ފަސްމީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން މުއްދަތު ޖަހާދީފައިވާކަމަށް ފުލުހުން ބުނެއެވެ.

މި މައްސަލަ ތަހުގީގު ކުރަމުން އަންކަމަށްވެސް ފުލުހުން ބުނެއެވެ. 

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;