ads
ހުޅުމާލޭގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލާލެވޭގޮތް ހަދައިފި - ފޮޓޯ: އެޗްޑީސީ
ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ބޮޑު ސްކްރީނުން ވޯލްޑްކަޕް ބަލައިލެވޭނެ!
މި އަހަރުގެ ފީފާ ވޯލްޑް ކަޕް ފޯރިގަދަކޮށް ބެލުންތެރިންނަށް ގެނެސްދިނުމަށްޓަކައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާއި ދައުލަތުގެ މީޑިއާ، ޕީއެސްއެމް ގުޅިގެން ހުޅުމާލޭގެ ތިން ސަރަހައްދެއްގައި ވޯލްޑް ކަޕް ބެލުމަށް ބޮޑުސްކްރީންތައް ބަހައްޓައިފި އެވެ.
Advertisement

މި އިންތިޒާމުގެ ދަށުން، ވޯލްޑް ކަޕްގެ ހުރިހާ މެޗުތަކެއް އާންމުންނަށް ހިލޭ ބަލައިލެވޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ. އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، ހުޅުމާލޭގައި ބޮޑު ސްކްރީންތައް ބަހައްޓާފައިވާ ސަރަހައްދުތަކަކީ:

  • ހުޅުމާލެ ފޭސް 1: ސެންޓްރަލް ޕާކު
  • ހުޅުމާލެ ފޭސް 1: ފްލެޓް 137 ކައިރީގައި ހުންނަ ހެދިކާ ޓެންޓު ސަރަހައްދު
  • ހުޅުމާލެ ފޭސް 2: ވިނަރެސް ޓަވަރު 9 ގެ ކުރިމަތީގައި ހުންނަ ރޯދަ މާރުކޭޓް ޓެންޓު ސަރަހައްދު

މީގެއިތުރުން، ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ސަޕޯޓަރުންނަށްވެސް އަމާންކަމާއެކު ފޯރިގަދަ މާހައުލެއްގައި ހިލޭ މި މެޗުތައް ބެލޭނެ އިންތިޒާމު ހަމަޖައްސައިދިނުމަކީ އަމާޒެއް ކަމަށް އެޗްޑީސީން ބުނެ އެވެ.

މިފަހަރުގެ ވޯލްޑް ކަޕް ފަށާނީ މެކްސިކޯ އާއި ސައުތު އެފްރިކާ ބައްދަލުކުރާ މެޗުންނެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 12 ޖަހާއިރު އެވެ. އެއަށް ފަހު ދެން އޮންނާނީ ސައުތު ކޮރެއާ އާއި ޗެކު ރިޕަބްލިކް ބައްދަލުކުރާ މެޗެވެ. އެ މެޗު ފަށާނީ މާދަމާ ހެނދުނު 7 ޖަހާއިރު އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;