ހިލޭ ޓިވީ ވެބްސައިޓް ހުއްޓުވާދިނުމަށް އެދި ސިވިލް ކޯތަށް ދިޔައީ މީޑިއާ ނެޓުންނެވެ. އެ މައްސަލާގައި މީޑިއާ ނެޓުން ބުނެފައިވަނީ އެތަނުން އެކްސްކްލޫސިވް ރައިޓްސް ނަގާފައިވާ ވޯލްޑްކަޕްގެ މެޗްތައް އެ ވެބްސައިޓް މެދުވެރިކޮށް ފެންނާނެ ކަމަށް ބުނެ އިސްތިހާރުކޮށްފައިވާކަމަށެވެ.
އެހެންކަމުން އެކަން ހުއްޓުވާދިނުމަށް މިޑީއާ ނެޓުން ވަނީ އެދިފައެވެ. އެހެންނޫނީ މީޑިއާނެޓުގެ މަސްލަހަތު އަދި އާންމުންގެ މަސްލަހަތަށް އިޔާދަނުކުރެވޭނެ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއްކަމަށްވެސް މީޑިއާ ނެޓުން ވަނީ ބުނެފައެވެ.
އެކަމާއި ގުޅިގެން ސިވިލް ކޯޓުން މިއަދު ނެރުނު ވަގުތީ އަމުރުގައިވަނީ "ހިލޭޓީވީ" ވެބްސައިޓަށް ނުވަދެވޭ ގޮތް ހަދަން ސިވިލް ކޯޓުން ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް އަށް އަންގާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;