ads
މަރުވި ޕޮލިސް އޮފިސަރުގެ ހަށިގަނޑު ހޯދުމުގައި ހަރަކާތްތެރިވި ޑައިވަރުން: ސީޕީއާއި އިހުސާން ވަނީ އެ މީހުންނަށް ޝުކުރު އަދާކުރައްވާފައި - ފޮޓޯ/ފުލުހުން
މޫދު އަޑިން ފުލުސް އޮފިސަރު ނެގުމުގައި އެހީތެރިވި ޑައިވަރުންނަށް ޝުކުރު!
މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ކަނޑަށް ވެއްޓި ގެއްލުނު ފުލުހަކު ހޯދުމަށް ހިންގި އޮޕަރޭޝަނުގައި، އަމިއްލައަށް އިސްނަގައިގެން މޫދު އަޑިން އެ ފުލުސް މީހާގެ ހަށިގަނޑު ނެގުމުގައި އެހީތެރިވި ދެ ޑައިވަރުންނަށް ހޯމް މިނިސްޓަރު އަލީ އިހުސާނާއި ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހައްމަދު ޝުކުރު އަދާކުރައްވައިފި އެވެ.
Advertisement

ފުލުހުން ބުނީ، ގެއްލުނު ޕޮލިސް އޮފިސަރު ހޯދައި، ހަށިގަނޑު މޫދުން ނެގުމުގައި އެ ޑައިވަރުން މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. އެއީ، ކ. ގާފަރު ބްލޫހެވަންއަށް ނިސްބަތްވާ އަހުމަދު ފައިސަލާއި އއ. އުކުޅަސް، މީރާޒް، ސައްދާމު އަޙުމަދެވެ. އެއީ އާއްމު ދެ މީހުންނެވެ.

މި އޮޕަރޭޝަނުގައި އެ ދެ ޑައިވަރުން ފޯރުކޮށްދިން އެހީތެރިކަމަކީ ވަރަށް އަގުހުރި މަސައްކަތެއްކަން ފާހަގަކުރައްވައި، ކުއްލި ހާލަތްތަކުގައި ސަލާމަތީ ހިދުމަތްތަކާއި، އާންމުން ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަން ވެސް އެ ބޭފުޅުން ފާހަގަކުރައްވާފައިވެ އެވެ.

ފުލުހުން ކުރިން ބުނި ގޮތުގައި އާސިފްގެ ހަށިގަނޑު ފެނުނީ ރޭ ދަންވަރު އއ. އަތޮޅުގައި ފުލުހުން ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި "ޕޮލިސް ލޯންޗް 57" ގައި ތިބި ފުލުހުންގެ ތެރެއިން ފުލުހަކު ގެއްލިގެން ހޯދަނިކޮށް ކަމަށެވެ.

މިކަން އެނގުމާ އެކު އޭނާ ހޯދުމުގެ މަސައްކަތުގެ ތެރެއިން ފެނުނީ އެ ފުލުސް މީހާ މޫދު އަޑީގައި އޮއްވައި ކަމަށް ފުލުހުން ބުންޏެވެ. 

ފާހަގަކުރެވޭ ގޮތުގައި، ނިޔާވި އާސިފްގެ ހިދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އޭނާއަށް މިއަދު ވަނީ މަގާމުގެ ކުރިއެރުން ވެސް ދީފަ އެވެ. 

ހއ. އުލިގަމަށް އުފަން އުމުރުން 33 އަހަރުގެ އާސިފް ނިޔާވި ހާދިސާ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;