ads
މީރާ އޮފީސް
މިދިޔަމަހު ދައުލަތައް 2.05 ބިލިއަން ރުފިޔާގެ އާމްދަނީއެއް
މިދިޔަ މަހު ދައުލަތަށް އާމްދަނީވެ ގޮތުގައި 2.05 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތަޮރިޓީ ( މީރާ ) އިން ބުނެފިއެވެ.
Advertisement

ދައުލަތުގެ ޓެކްސް އިދާރާއިން ބުނީ މި އަދަދަކީ މިދިޔަ މަހު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށް ވުރެ 0.3 އިންސައްތަ ދަށް އަދަދެއްކަމަށެވެ.  އަދި މީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށް ވުރެ 5.8 އިންސައްތަ ދަށް އަދަދެއް ކަމަށް ވެސް އެ މިރާއިން ބުނެ އެވެ.

މިދިޔަ މަހު ލިބުނު އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީއެވެ. އެއީ 1.1 ބިލިއަން ރުފިޔާއެވެ. އަދި އެއީ މުޅި އާމްފަނީގެ 56.3 އިންސައްތަކަމަށްވެސް މިރާއިން ބުނެއެވެ. 

މިދިޔަ މަހު އާމްދަނީ ލިބުނު ވަރާއި ދާއިރާތައް 

  • އާމްދަނީން ނަގާ ޓެކުހުން  234 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި 158 މިލިއަން ރުފިޔާ
  • ޑިޕާޗާ ޓެކުހުގެ ގޮތުގައި 156 މިލިއަން ރުފިޔާ
  • ގްރީން ޓެކުހުގެ ގޮތުގައި 139 މިލިއަން ރުފިޔާ
  • ވާކް ޕާމިޓް ފީގެ ގޮތުގައި 71 މިލިއަން ރުފިޔާ 

މީރާއިން ބުނިގޮތުގައި، މޭ 2025 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު މިދިޔަ މޭ މަހު ލިބުނު އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ އާއި ގްރީން ޓެކުހާއި، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީ މަދުވުންކަމުގައެވެ. 

ފަތުރުވެރިކަމާ ގުޅުންހުރި ދާއިރާތަކުގެ އާމްދަނީ 19.5 އިންސައްތަ ދަށްވެފައި ވަނީ، 2025 ވަނަ އަހަރު މޭ މަހާއި އަޅައިބަލާއިރު މި އަހަރުގެ މޭ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 24.4 އިންސައްތަ ދަށްވުމާ ގުޅިގެން ކަމަށް ވެސް އެ މީރާ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;