ads
ޕޮލިސް އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އާސިފް ވަޅުލަން ސަންދޯއް ގެންދަނީ. -- ފޮޓޯ: ޕޮލިސް
ނިޔާވި ފުލުސް އާސިފް، ރަސްމީ އިއްޒަތުގައި ވަޅުލައިފި
ފުލުހުންގެ ރަސްމީ ވާޖިބު އާދަކުރަމުން ދަނިކޮށް ރޭ ދަންވަރު ނިޔާވި ފުލުހުންގެ ސީނިއާ ސާޖަންޓް އަހުމަދު އާސިފު، ރަސްމީ އިއްޒަތުގައި މިރޭ ވަޅުލައިފި އެވެ.
Advertisement

އަހްމަދު އާސިފް ނިޔާވެފައި އޮއްވާ ފެނުނީ ފުލުހުންގެ ލޯންޗެއްގައި ހުއްޓާ ރޭގެ ވަގުތެއްގައި މޫދަށް ވެއްޓި ގެއްލިގެން ހޯދަމުން ދަނިކޮށް މޫދު އަޑިންނެވެ.

ނިޔާވިއިރު އަހްމަދު އާސިފް ހުރީ ސީނިއާ ސާޖަންޓްގެ މަގާމުގަ އެވެ. ފުލުހުންގެ ރަސްމީ ވާޖިބު އާދަކުރުމުގައި އަހްމަދު އާސިފް ދެއްކި ނަމޫނާ އާއި، މަސައްކަތަށް ބެހެއްޓި ފަރުވާތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ސަބް އިންސްޕެކްޓާ އޮފް ޕޮލިސްގެ ރޭންކަށް އަހްމަދު އާސިފް މިއަދުގެ ވަގުތެއްގައި ޕްރޮމޯޓްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.

your imageޕޮލިސް އޮޕަރޭޝަންގައި އުޅެނިކޮށް ނިޔާވި އާސިފްގެ ޖަނާޒާގައި، ޕޮލިސް ކޮމިޝަނަރު އަހުމަދު މުހައްމަދު ބައިވެރިވެވަޑައިގަންނަވަނީ. - ފޮޓޯ: ޕޮލިސް

ފުލުހުން ބުނީ އަހްމަދު އާސިފް ވަކިވެދިއުމަކީ މުއައްސަސާއަށާއި، ވަފާތެރިކަމާއެކު ޚިދުމަތްކުރި މި ގައުމަށް ލިބުނު ފުން ހިތާމައެއް ކަމަށެވެ. ދިވެހި ފުލުހުންގެ ހިދުމަތުގައި އަހްމަދު އާސިފް ދެއްކި ނަމޫނާއާއި، ކޮށްދިން އަގުހުރި ހިދުމަތްތަކުގެ ހަނދާންތައް އަބަދުވެސް އާކުރެވޭނީ ނުހަނު އިހުތިރާމާއެކު ކަމަށްވެސް ބުންޏެވެ. 

ޕޮލިހުގައި 14 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވި އާސިފު ވަނީ އެ އިދާރާގެ މުހިއްމު އޮޕަރޭޝަންތަކުގައި އަމަލީގޮތުން ބައިވެރިވެ، މުހިއްމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ.

އޭނާ ނިޔާވިއިރު އަތްބަކާއި ފިރިހެން ދެ ކުދިން ދުނިޔޭގައި އެބަތިއްބެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;