ads
އަމީނީމަގު ހަދަން އެމްޓީސީސީން ސާވޭކުރަނީ
އަމީނީމަގު އަލުން ހަދަން އެމްޓީސީސީން ސާވޭ ހަދައިފި
އަމީނީމަގު އަލުން ހަދަން ފެށުމުގެ މަސައްކަތުގެ ދަށުން ހަދަންޖެހޭ ސާވޭ އެމްޓީސީސީން ހަދައިފިއެވެ.
Advertisement

އަމީނީމަގުގައި މި ސަރުކާރުގެ ވެރިކަމަށް އައިސް އެންމެފަހުން ތާރުއެޅި ސަރަހައްދު ކަމަށްވާ ހާބަރު ފުޑްކޯޓު ސަރަހައްދުގެ ތާރު ގަނޑު ހަލާކުވެ ބޮޑެތި ވަޅުގަނޑުތައް ހުރީ ހެދިފައެވެ. އެކަމުގެ ސަބަބުން އެމަގުގައި ދުއްވަން ނުރައްކާތެރިވެފައި ވެއެވެ. އެ ސަރަހައްދުގައި އަލުން ތާރުއެޅުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށާނެ ކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.

އަމީނީމަގު އަލުން މަރާމާތުކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ތަރައްގީކޮށް މަރާމާތުކުރުމަށް ހިންގާ "މާލެ ރޯޑް ޕްރޮޖެކްޓް"ގެ ދަށުންނެވެ. އެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ އެވެ.

your imageއަމީނީމަގު ހަދަނ އެމްޓީސީސީން ސާވޭކުރަނީ

އެ ކުންފުނިން ވަނީ އެމީނީމަގު އަލުން ހަދަން ފެށުމުގެ ކުރިން ސާވޭކޮށްފައެވެ. އެމްޓީސީސީގެ ސާވޭ ޓީމުން ކުރިއަށްގެންދިޔަ ސާވޭއަކީ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން މަގުގެ ފަސްގަނޑާއި ތާރުގެ ފެންވަރު ދެނެގަތުމަށްޓަކައި ކުރި ސާވޭއެއްކަމަށް އެކުންފުނިން ބުނެއެވެ. 

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ މާލޭގެ ބޮޑެތި މަގުތަކުގެ ތެރޭގައި ހިމެނޭ އަމީނީ މަގާއި، އިއްޒުއްދީން މަގުގެ އިތުރުން ބޮޑުތަކުރުފާނު މަގު މަރާމާތުކޮށް، އެ މަގުތަކުގެ ފެންވަރު މަތިކުރުންކަމަށެވެ. އެ މަސައްކަތްތައް ނިމުމުން މާލޭގެ މަގުތަކަކީ އާންމުންނަށާއި އުޅަނދުފަހަރަށް ދަތުރުފަތުރުކުރަން ރައްކާތެރި، އަދި ލުއިފަސޭހަ މަގުތަކަކަށް ވެގެން ދާނެކަމަށްވެސް އެމްޓީސީސީން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;