އެ އޮތޯރިޓީން ވަނީ ބޭހާބެހޭ ގަވާއިދު އެކުލަވާލާ އާއްމުކޮށްފައެވެ.
އެ ގަވައިދުގައިވާ ގޮތުގައި އެމްޑީއޭއިން ބޭހެއްގެ ގޮތުގައި ގިންތިކޮށް ރެގިއުލޭޓްކުރާ އެއްވެސް ބާވަތެއ،ް އާންމު ފިހާރަތަކުގައި ވިއްކަން ބެހެއްޓުމަކީ މަނާކަމެކެވެ. އެހެންނަމަވެސް ހާލަތަށް ރިއާޔަތްކޮށ،ް ވަކި ކަހަލަ "އޯވަާ ދަ ކައުންޓާ" ބޭސް ސިޓީއެއް ނެތި ވިއްކިދާނެކަމަށް ކަނޑަައަޅާފައިވާ ބޭހެއް އޮތޯރިޓީން ހުއްދަ ނަގައިގެން އާންމު ފިހާރައެއްގައި ބަހައްޓައިގެން ވިއްކިދާނެކަމަށް އެމްއެފްޑީއޭއިން ނެރުނު ބޭހާބެހޭ ގަވައިދުގައިވެއެވެ.
އޮންލައިންކޮށް ބޭސްވިއްކުން
ބޭހާބެހޭ ގަވައިދު ބުނާގޮތުން އިންޓަނެޓް މެދުވެރިކޮށް ނުވަތަ އޮންލައިންކޮށް ބޭސް ވިއްކަންވާނީ ނުވަތަ ބޭސް ޑެލިވަރކުރަންވާނީ، އެ ހިދުމަތް ފޯރުކޮށްދޭ ފަރާތެއްގެ ގޮތުގައި ރަޖިސްޓަރީ ކޮށް އެމްއެފްޑީއޭގެ ހުއްދަ ލިބިގެންނެވެ. އަދި އެގޮތަށް ރަޖިސްޓްރީވެގެންވެސް ވިއްކަންވާނީ، ހަމައެކަނި ރާއްޖެއަށް އިމްޕޯޓްކުރުމުގެ ހުއްދަ އޮތް ބޭހުގެ ތެރެއިން އޯވާ ދަ ކައުންޓާ ބޭސް ނުވަތަ ޑޮކްޓަރުގެ ބޭސް ސިޓީއަކާ ނުލައި ވިއްކުން ހުއްދަ ބޭސް އެކަނިކަމަށްވެސް ބޭހާބެހޭ ގަވައިދުގައިވެއެވެ.
ބޭސް ލިޔެދެވޭނީ ވަކި ބަޔަކަށް
ބޭހާބެހޭ ގަވައިދުގައިވާ ގޮތުން ރާއްޖޭގައި ޑޮކްޓަރު ބޭހާއި ދިވެހިބޭސް ނުވަތަ އޯލްޓަނޭޓިވް ބޭސް ލިޔެދެވޭނީ މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލުން ބޭސް ފަރުވާކުރުމުގެ ހުއްދަ ދީފައިވާ ޑޮކްޓަރުންނަށް ނުވަތަ މޯލްޑިވްސް އެލައިޑް ހެލްތު ކައުންސިލުން ހުއްދަ ދީ ފައިވާ ހެލްތު ޕްރޮފެޝަނަލުންނަށް އެކަންޏެވެ.
އަދަބުތައް
ބޭހާބެހޭ ގަވައިދު ބުނާގޮތުން އެ ގަވައިދާ ހިލާފުވެއްޖެނަމަ އަދަބެއްގެ ގޮތުން ނަސޭހަތްދިނުމާއެކު އެ ކަމެއް އިސްލާހުކުރުމަށް މުއްދަތެއް ދެވޭނެއެވެ. އަދި 10,000 ރުފިޔާއާއި 100,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ ބާރުވެސް ބޭހާބެހޭ ގަވައިދުން އެމްއެފްޑީއޭއަށް ވަނީ ދީފައެވެ.
މީގެއިތުރުން ގަވާއިދުގެ ދަށުން ދޫކޮށްފައިވާ ހުއްދަ ނުވަތަ ލައިސަން 14 ދުވަހާއި އެއް އަހަރުދުވަހުގެ މުއްދަތަށް ވަގުތީ ގޮތުން ހިފެހެއްޓުމާއި ހުއްދަ ނުވަތަ ލައިސަން ބާޠިލުކުރުމުގެ ބާރުވެސް އެމްއެފްޑީއޭއަށް ގަވައިދުގެ ދަށުން ވަނީ ދީފައެވެ. އަދި ކުށުގެ ކުޑަބޮޑުމިނަށް ބަލައ،ި އެ ހާލަތުގައި އެކަށީގެންވާ އިދާރީ ފިޔަވަޅު އެޅުމުގެ އިހްތިޔާރ،ު ބޭހޭބެހޭ ގަވައިދުން ވަނީ އެމްއެފްޑީއޭއަށް ދީފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;