އުރީދޫން ބުނީ، އެލައިޑް އިންޝުއަރެންސާއި އެޗްޑީސީއާ ގުޅިގެން، ފުޓްބޯޅައާ ގުޅުންހުރި އެކި ގޭމްތަކާއި ހަރަކާތްތަކާއެކު އޮންނަ މި ހަވީރު އޮންނާނީ މިއަދު ހަވީރު ހުޅުމާލޭގެ ސެންޓްރަލް ޕާކުގައި ހަވީރު ހަތަރަކުން ފެށިގެން އިރުއޮއްސި 06:00 ޖަހަންދެން ކަމަށެވެ.
އޫރީދޫއިން ވަނީ މި ހަވީރަށް ވީހާވެސް ގިނަ ކުދިން އާއިލާއާއެކު ސެންޓްރަލް ޕާކަށް ޒިޔާރަތްކޮށް، މި ހަރަކާތްތަކުގައި ބައިވެރިވުމަށް ދައުވަތު ދީފައެވެ.
"ފުޓްބޯޅަ ފޯރި"ގެ ނަމުގައި އުރީދޫން ވަނީ ހާއްސަ އޮފާތަކާއެކު ކެމްޕެއިނެއް ފަށައިފަ އެވެ.
މި ކެމްޕެއިންގެ މަގުސަދަކީ އުރީދޫގެ ޕްރީޕެއިޑާއި ޕޯސްޓްޕެއިޑާއި ސުޕަނެޓުގެ ޚިދުމަތްތައް މެދުވެރިކޮށް ކަސްޓަމަރުންނަށް ވޯލްޑް ކަޕްގެ ފޯރިގަދަ ތަޖުރިބާއެއް ފޯރުކޮށްދިނުން ކަމަށް، އުރީދޫން ބުންޏެވެ.
ވޯލްޑް ކަޕްގެ މެޗުތައް ބެލުމަށް ފުޓުބޯޅަ ސަޕޯޓަރުން ތައްޔާރުވަމުންދާއިރު، މުބާރާތުގެ މެޗުތައް ފަސޭހަކަމާއެކު ބެލުމަށާއި ގޭގެ މުނިފޫހިފިލުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކުރުމަށް އުރީދޫއިން ވަނީ ގިނަ ލުއިތަކެއް މަގުފަހިކޮށްދީފައި ކަމަށް އެ ކުންފުނިން ބުންޏެވެ.
"ފުޓުބޯޅަ ފޯރި" ކެމްޕޭނާއި މީގެ ދަށުން ލިބޭ އޮފާތަކާ ބެހޭ އިތުރު މަޢުލޫމާތު އުރީދޫ އެޕް މެދުވެރިކޮށް ނުވަތަ އުރީދޫ މޯލްޑިވްސްގެ ވެބްސައިޓުންލިބިގެންދާނެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;