މިކަމަށްޓަކައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި މިތަން ހުޅުވައްވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
އެސްޓީއޯގެ ހިދުމަތްތައް ފުޅާކޮށް އައުޓްލެޓްތައް އިތުރުކުރަމުންދާއިރު މި ހުޅުވިގެންދިޔައީވެސް މުހިންމު ތަނެކެއެވެ. އެސްޓީއޯއިން ދަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެސްޓީއޯގެ އައުޓްލެޓްތައް ހުޅުވައި ހިދުމަތް ދެމުންނެ އެވެ.
ސްޓީއޯ ޕީޕަލްސް ޗޮއިސްގެ ޖާގަ އިތުރުކޮށް، އަމިއްލަ ވިޔަފާރިތަކަށް ވެސް އެތަނުން ފުރުޞަތު ލިބޭނެހެން "ހައިޕަމާކެޓް" ކޮންސެޕްޓަށް އެތަން ބަދަލުކޮށް އަލުން ހުޅުވާފައިވަނީ 2022 ވަނަ އަހަރުގެ ތެރޭގައެވެ.
މިހާރު ހުޅުވުނު ފުރަތަމަ ފަންގިފިލާއާއެކު، ތަފާތު އެކި ބްރޭންޑުތަކުގެ ތަކެތި އެތަނުން ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ޕީކަބޫ އަދި ޕްރޮކިއު ޕްލަސް ފަދަ އަމިއްލަ ވިޔަފާރިތަކުގެ އައުޓްލެޓްތައް ހިމެނެ އެވެ.
މި ރަސްމިއްޔާތުގައި އެސްޓީއޯއިން ވަނީ އަލަށް "ސުންމީ" ބްރޭންޑު ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފަ އެވެ. މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ ޗެއާޕާރސަން އާމިރު މަންސޫރެވެ. މީގެ އިތުރުން، ފިލިޕްސް ބްރޭންޑުގެ އެއާ ކޮންޑިޝަނާ ވެސް ވަނީ މާކެޓަށް ތައާރަފްކޮށްފަ އެވެ. މި ބްރޭންޑު ތައާރަފްކޮށްދެއްވީ އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރ ޝިމާދު އިބްރާހިމް އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;