ads
ޗެއާޕާސަން އިންތިހާބުގައި އިބޫ ވޯޓްލައްވަނީ
ކޮންމެ ނަތީޖާއެއް ނުކުތަސް ހުންނާނީ އެމްޑީޕީގައި: ސާލިހް
މިހާރު ކުރިޔަށްދާ އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި ކޮންމެ ނަތީޖާއެއް ނުކުތް ނަމަވެސް އެމްޑީޕީގައި ދެމިހުންނަވާނެ ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.
Advertisement

އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ. 

މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 50،176 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު 14:30 އިން މިރޭ 20:30 ކުރިޔަށްދާނެއެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނަން ފަށާނެއެވެ. 

މި އިންތިހާބުގައި ވޯޓްލެއްވުމަށްފަހު ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ރައީސް ސާލިހް ވިދާޅުވީ ކޮންމެ ގޮތަކަށް ނަތީޖާ ނުކުތް ނަމަވެސް އޮތް ލީޑާޝިޕަކާއިއެކު އެމްޑީޕީއާއި އެކު ކުރިޔަށް ވަޑައިގަންނަވާނެކަމަށެވެ.

" ކޮންމެ ގޮތަކަށް މި ނިމުނަސް. ހަމަ ގައިމުވެސް އަޅުގަނޑު ކުރިއަށްދާނީ އެމްޑީޕީއާ އެކީގައި. ކޮންމެ ލީޑާޝިޕަކާއެކީގައިވެސް މި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުރަންޖެހޭ ހުރިހާ ކަމެއްގައި އަޅުގަނޑު ހުންނާނަން." އިބޫ ވިދާޅުވިއެވެ.

ރައީސް ސާލިހް ވިދާޅުވީ ޗެއާޕާސަންގެ އިންތިހާބު ކޮންމެ ބޭފުޅަކު އިންތިހާބު ކާމިޔާބުކުރިޔަސް އެމްޑީޕީ ފައިދާވާނެ ކަމަށެވެ. އެގޮތުން މީކާއީލް އިންތިހާބުވެއްޖެނަމަ ޒުވާން ޓީމެއްގެ އަތްމައްޗަށް ޕާޓީގެ ލީޑާޝިޕު ދާއިރު، ނަޝީދަށް ކާމިޔާބުވެއްޖެނަމަ، އެމަނިކުފާނު ވަޑައިގަންނަވާނީ ވެރިކަމުގެވެސް ތަޖުރިބާއާއެކީގައި ކަމަށް ސާލިހް ވިދާޅުވިއެވެ. 

" ވަރަށް ވާދަވެރި އިންތިހާބެއް މިދަނީ. ކޮންމެ ބޭފުޅަކުވެސް މީގައި ކާމިޔާބުކޮށްފާނެ. މިސާލަކަށް މީކާއީލް ނަސީމް އިންތިހާބު ކާމިޔާބުކޮށްފިއްޔާ އެ ވެގެންދާނީ އާ ޖީލަކަށް، ޒުވާން ޓީމެއްގެ އަތްމައްޗަށް ޕާޓީގެ ލީޑާޝިޕް ފުރޮޅިގެންދާތަން. ދެން އޮތީ ރައީސް ނަޝީދު. ރައީސް ނަޝީދު އިންތިހާބުވެވަޑައިގެންފިއްޔާ އެ ފެނިގެންދަނީ އަނެއްކާވެސް ތަޖުރިބާއާ އެކީގައި، ވެރިކަމުގެވެސް ތަޖުރިބާއާއެކީގައި އެ ވަޑައިގަންނަވަނީ." އިބޫ ވިދާޅުވި އެވެ.

ރައީސް ސާލިހް ވިދާޅުވި ގޮތުގައި އެމްޑީޕީގެ މަސައްކަތްތައް އޮތީ އެއް ގިއަރު ކުރިއަށް ޖައްސަން ޖެހިފައިކަމަށެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;