އެނގިފއިވާ ގޮތުގައި ވޯޓް ފޮށި އެއްލާލާ އެ ފޮށި ފަޅާލީ މީހަކީ ރަސްމީ ފާހެއް ނެތި ވޯޓްލާ މަރުކަޒަށް ވަދެ އުޅުނު މީހެކެވެ.
އޭނާއަކީ ކެންޑިޑޭޓުގެ މަންދޫބެއްކަމަށް ބުނެ އަޑުގަދަކުރުމަށްފަހު ފޮށި އެއްލާލީކަމަށް އެރަށުން ވާހަކަ ދެއްކި މީހަކު ބުނެއެވެ. އެހެންނަމަވެސް އޭނާ އަތުގައި އިންތިހާބުގައި ބޭނުންކުރާ އެއްވެސް ރަސްމީ ފާހެއް ނެތްކަމަށްވެއެވެ.
އެތަނުގައި ތިބި މީހުން ވަނީ އެމީހާ ގަދަކަމުން އެ މަރުކަޒުން ނެރެފައެވެ.
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ޗެއާޕާސަންގެ މަގާމަށް މީހަކު ހޮވަން ބާއްވާ އިންތިހާބުގައި ވާދަ ކުރައްވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އެމްޑީޕީގެ މަޖިލިސް މެމްބަރު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއީލް އަހުމަދު ނަސީމް އެވެ.
މިހާރު ކުރިޔަށްދާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި 50،176 މީހުންނަށް ވޯޓްލުމުގެ ހައްގު ލިބިފައިވެއެވެ.
މި އިންޔިހާބުގެ ވޯޓުލުން މިެަފު 14:30 އިން މިރޭ 20:30 ކުރިޔަށްދާނެއެވެ. ވޯޓުލާ ނިމުމާއެކު ވޯޓުގެ ގުނަން ފަށާނެއެވރ.
މިއަދުގެ އިންތިހާބުގައި 241 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. ރާއްޖޭގެ އިތުރުން ލަންކާގައިވެސް ވަނީ ވޯޓް ފޮއްޓެއް ބަހައްޓާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;