ރޮއިޓާސްގެ ހިސާބުތަކުން ދައްކާ ގޮތުގައި، ސްޕޭސްއެކްސްގެ ހިއްސާ ބާޒާރުގައި މުއާމަލާތް ކުރަން ފެށުމުން މަސްކްގެ މިލްކިއްޔާތު 1.1 ޓްރިލިއަން ޑޮލަރަށް ވުރެ މައްޗަށް އަރާނެ އެވެ. މަސްކްގެ މުއްސަނދިކަމުގެ ބޮޑު ބައެއް ބިނާވެފައިވަނީ މި ކުންފުނީގައި އޭނާ ހިއްސާވާ މިންވަރުގެ މައްޗަށެވެ. މި އައިޕީއޯގެ ކުރިން ފޯބްސް އިން އަންދާޒާކޮށްފައިވާ ގޮތުގައި އޭނާގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް 780 ބިލިއަން ޑޮލަރެވެ.
ހިއްސާ ވިއްކަން ފެށުމާ އެކު ސްޕޭސްގެ އަގު މިހާރު ވަނީ 1.96 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ. އެގޮތުން އިއްޔެ އެކަނި ހިއްސާގެ އާމްދަނީން ސްޕޭންސް އެކްސް އަށް 75 ބިލިއަން ޑޮލަރު ލިބިފައިވެ އެވެ.
މި ތާރީހީ ހިއްސާގެ ބާޒާރާއެކު އީލޮން މަސްކް ދުނިޔޭގެ ފުރަތަމަ ޓްރިލިއަނަރަށް ވެފައިވާއިރު، ސްޕޭސްއެކްސް އަކީ މިދިޔަ އަހަރު 5 ބިލިއަން ޑޮލަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާންޖެހުނު ކުންފުންޏެކެވެ. އެހެންނަމަވެސް، މިހާރު މިލިބުނު ބޮޑު ކުރިއެރުމުގެ އަސްލަކީ ކުންފުނީގެ އާމްދަނީގެ 80 ޕަސެންޓު ހިއްސާކުރާ ސްޓާލިންކް ސެޓެލައިޓް އިންޓަނެޓް ވިޔަފާރިއަށް އައިސްފައިވާ ބޮޑު ކުރިއެރުމެވެ.
ހިއްސާ ވިއްކަން ފެށުމާ އެކު ސްޕޭސްގެ އަގު މިހާރު ވަނީ 1.96 ޓްރިލިއަން ޑޮލަރަށް އަރައިފަ އެވެ. ޓެސްލާ އާއި ސްޕޭސްއެކްސްގެ ކާމިޔާބީއާ އެކު ދުނިޔޭގެ ސަމާލުކަން ހޯދި މަސްކް ވަނީ 2022 ވަނަ އަހަރު "އެކްސް" (ކުރީގެ ޓްވިޓާ) ބައްލަވައިގަނެ، އޭނާގެ ނުފޫޒު އިތުރަށް ފުޅާކުރައްވާފަ އެވެ.
މިހާރު މަސްކްގެ އަމިއްލަ މުއްސަނދިކަން ޓައިވާން، އަޔަލޭންޑް، ނުވަތަ ސްވިޑަން ފަދަ ގައުމުތަކުގެ ޖުމްލަ ޖީޑީޕީ އަށްވުރެ ވެސް ބޮޑެވެ. އަދި ދުނިޔޭގެ ދެވަނައަށް އެންމެ މުއްސަނދި މީހާ ކަމަށްވާ ގޫގުލްގެ ފައުންޑަރު ލެރީ ޕޭޖަށްވުރެ މަސްކްގެ މުއްސަނދިކަން ތިންގުނަ އިތުރެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;