ޒީނާޒް އަދުނާން އައްޔަންކުރައްވާފައިވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަންކުރައްވާފައިވަނީ މިމަހުގެ 4 ވަނަދުވަހުއެވެ. އަދި މިމަހުގެ ހަތްވަނަ ދުވަހުން ފެށިގެން އޮފީހަށް ނުކުންނަވަން ފަށާފައިވާކަންވެސް ވަނީ އެނގިފައެވެ.
ރަޢީސް އޮފީހުގެ ވެބްސައިޓްގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުގެ ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓާރުންގެ ތަފްސީލުތައް ކުރިން ހުރި ނަމަވެސް މިހާރުވަނީ އެ މައުލޫމާތުތައް ވެބްސައިޓުން އުނިކޮށް ނުފެންނަ ގޮތަށް ހަދާފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ލިބުނު ނާކާމިޔާބީއަށް ފަހު ސަރުކާރަށް ބަދަލުތައް ގެންނަވާނެކަން ރައީސް މުއިއްޒު އިއުލާން ކުރައްވާފައި ވަނިކޮށް މި ސަރުކާރުގެ ފުރަތަމަ ކެބިނެޓްގައި ހިމެނުނު އާދަމް ޝަރީފް ވަޒީރުކަމުން ކުއްލިއަކަށް އިސްތިއުފާދެއްވީ އޭޕްރިލް މަހުގެ 14 ވަނަ ދުވަހުއެވެ.
އެއަށްފަހު އާދަމް ޝަރީފް ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އޭޕްރިލް މަހުގެ 27ގައި ވަނީ އައްޔަންކުރައްވާފައެވެ. އަދި އާދަމް ޝަރީފު ގަތަރުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމަށް އައްޔަންކުރަން ނިންމާ މަޖިލިހަށް ރައިސް މުއިއްޒު ވަނީ ފޮނުވާފައެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;