ލީޑާޝިޕްގެ ބޭފުޅުންނާއި ނަޝީދު ބައްދަލުކުރައްވަން ނިންމާފައިވަނީ ވަކިވަކިން ކަން ވަނީ އެނގިފައެވެ. އެގޮތުން އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އާ ރައީސް ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ މިއަދު ހެނދުނު 10:30ގައެވެ. އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު އިބްރާހިމް ނާޒިލްއާ ވެސް ނަޝީދު މިއަދުގެ ވަގުތެއްގައި ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ޗެއާޕާސަން އިންތިހާބުގައި ނަޝީދާއި ވާދަކުރެއްވި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހްމަދު ނަސީމްއާ ވެސް މިއަދު ބައްދަލުކުރައްވަން ވަނީ ނިންމަވާފައެވެ. މި ބައްދަލުވުން އޮންނާނީ މެންދުރު 1:00 ޖަހާއިރުއެވެ.
ޕާޓީގެ ލީޑާޝިޕާއި ރައީސް ނަޝީދު މިއަދު ބައްދަލުކުރެއްވި ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހާއި މިއަދު ބައްދަލެއް ނުކުރައްވައެވެ. ސަބަބަކީ ރައީސް ސާލިގް މިވަގުތު މާލޭގައި ވަޑައިގެން ނޫޅުއްވާތީއެވެ. ރައީސް ސާލިހާ ނަޝީދު ބައްދަލުކުރައްވަން ހަމަޖެހިފައިވަނީ އެމަނިކުފާނު އެނބުރި މާލެ އައުމުން ކަމަށް ވަނީ އެނގިފައެވެ.
އެމްޑީޕީ ޗެއާޕާސަން އިންތިހާބުގެ ވަގުތީ ނަތިޖާ ދައްކާގޮތުން 21،301 ވޯޓު ނަޝީދަށް ލިބިވަޑައިގަތެވެ. އަދި މީކާއިލަށް ލިބިވަޑައިގަތީ 9،462 ވޯޓެވެ. އަދި އަމިއްލަ ގޮތުން ވާދަކުރި އިބްރާހިމް މުހައްމަދަށް 132 ވޯޓު ލިބުނުއިރު 234 ވޯޓް ބާތިލް ކަމަށް ކަނޑައަޅާފައިވެ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;