މިއަހަރުގެ ރޯދަ މަހު ދުވާލު، އެކްސެލް ދަޅެއް ބޮއެގެން ޖަލު ހުކުމެއް އައީ، ލ.ގަން-ތުނޑި / ހުދުވިލާގޭ، ޙުސައިން ރިޔާޟްގެ މައްޗަށެވެ. ކުރިން ވެސް ކުށުގެ އެކިއެކި ރެކޯޑްތައް އޮންނަ ރިޔާޟްގެ މައްޗަށް މި މައްސަލައިގައި ދައުލަތުން އުފުލީ، ރަމަޟާން މަހު ރޯދަ ނުހިފުމުގެ ކުށުގެ ދައުވާއެވެ.
މި މައްސަލައިގައި، ޝަރިއަތުގައި ރިޔާޟްވަނީ އޭނާގެ މައްޗަށް އުފުލި ދައުވާއަށް އިއުތިރާފުވެފައެވެ. އެހެންކަމުން މައްސަލަ ކުރިއަށް ގެންދިޔައީ އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައެވެ. މި މައްސަލައިގައި ރިޔާޟްގެ މައްޗަށް މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން އިއްވީ، 11 ދުވަހުގެ ޖަލު ހުކުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;