ads
"ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ލޭބަލް ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފި
ގަވާއިދާ އެއްގޮތަށް ކާބޯތަކެތި ލޭބަލް ކުރަން 6 މަސް ދީފި
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަލަށް އެކުލަވާލި "ކާބޯތަކެތި ބަންދުކުރުމާއި، ލޭބަލްކުރުމުގެ ގަވާއިދު" އަށް ލޭބަލް ކުރުމަށް ހަ މަސްދުވަހުގެ މުއްދަތެއް ދީފި އެވެ.
Advertisement

އާއްމުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމުގެ ގޮތުން ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގައި އަމަލުކުރަންޖެހޭ މިންގަނޑުތައް ބަޔާންކުރުމާއެކު، އެ މިންގަނޑުތަކާ ހިލާފުވެގެން ގެއްލުމެއް ލިބޭ ހާލަތުގައި ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ގަވާއިދެއް އެކުލަވައިލައި އާއްމުކުރީ މިދިޔަ ހަފްތާގެ ތެރޭގަ އެވެ.

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގައި ކާބޯތަކެތި ބަންދުކުރަން ވާނީ ކާބޯތަކެތި ބަންދުކުރުމަށް ހާއްސަކޮށްފައިވާ ފުޑް ގްރޭޑަޑް މެޓީރިއަލްތަކުގަ އެވެ. އަދި ކާބޯތަކެތި އެޅުމަށް ހާއްސަކޮށްފައިވާ ކަންވާރު ނޫން ކަންވާރުތަކާއި އެއްފަހަރު ބޭނުންކުރުމަށް ފަހު އުކާލަން ހަދާފައި ހުންނަ ޕޮލިއިތެލިން ޓެރެފްތަލޭޓް ނުވަތަ ޕެޓް ފުޅިފަދަ ޕްލާސްޓިކް ފުޅީގައި ކާބޯތަކެތި ބަންދުކުރުމަކީ މަނާ ކަމެކެވެ.

މިދިޔަ އަންގާރަ ދުވަހު ގެޒެޓްކުރި، ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވައިދާ ހިލާފުވެއްޖެ ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރެވެ އެވެ.


އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ އެ އޮތޯރިޓީގެ ފުޑް ކޮންޓްރޯލް ޑިވިޝަންގެ ނަމްބަރު 3034217 އަށް ގުޅުމަށް ނުވަތަ [email protected] އަށް މެއިލް ކުރުމަށް އެމްއެފްޑީއޭއިން ވަނީ އެދިފަ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;