ads
ބިދޭސީން ވިއްކަން ތައްޔާރުކުރި ތަކެތީގެ ލޭބަލްތައް
ނުބައިކޮށް މުދާ ލޭބަލްކުރާނަމަ 1 މިލިއަން ރުފިޔާގެ ޖޫރިމަނާއެއް
ރާއްޖޭގައި އުފައްދާ އަދި ރާއްޖެއަށް އިމްޕޯޓުކޮށް އެކްސްޕޯޓު ކުރާ ކާބޯތަކެތި ގޯސްކޮށް ލޭބަލްކުރާ ނަމަ 1 މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ގަވާއިދު އެކުލަވާލާ އާއްމުކޮށްފިއެވެ.
Advertisement

ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ ގަވާއިދު ގެ ނަމުގައި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާއްމުކުރި ގަވައިދުގައިވާ ގޮތުން އެ ގަވައިދުގެ މަގުސަދަކީ ދިވެހިރާއްޖޭގައި އުފައްދައ،ި އިމްޕޯޓްކުރާ ކާބޯތަކެއްޗާއި އެކްސްޕޯޓްކުރާ ކާބޯތަކެތި ބަންދުކުރުމާއި ލޭބަލްކުރުމުގެ މިންގަނޑާއި އުސޫލު ބަޔާންކުރުމާއި ކާބޯތަކެތީގެ ރައްކާތެރިކަމުގެ ޤާނޫނާއި އެ ގަވާއިދާ އެއްގޮތްވާ ގޮތަށް އަމަލުނުކުރާ ފަރާތްތަކަށް ފިޔަވަޅުއަޅައި ޖޫރިމަނާކުރުމުގެ އުސޫލު ބަޔާންކުރުންކަމަށެވެ.  

މި ގަވާއިދާ ހިލާފަށް ކާއެއްޗެހި ބަންދުކުރާ މީހުންނަށް އަޅާ ފިޔަވަޅުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން އެ ފަދަ ފަރާތްތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމާއި ލައިސެންސް ހިފެހެއްޓުން ނުވަތަ ލައިސަންސް ބާތިލުކުރުންވެސް އަދަބުތަކުގެ ތެރޭގައި ވަނީ ހިމަނާފައެވެ. 

އަޅަން ނިންމާފައިވާ ފިޔަވަޅުތައް

  • އަސްލު އޮޅޭގޮތަށް ލޭބަލްކޮށްގެން ވިއްކައިފިނަމަ 10،000ރ. އާއި 750،000ރ. އާ ދެމެދުން ޖޫރިމަނާކޮށް، ވަކި މުއްދަތަކަށް ލައިސެންސް ހިފަހައްޓައި ރަޖިސްޓްރީ ނުވަތަ ލައިސެންސް ބާތިލުކުރެވޭނެ
  • ލޭބަލްކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 10،000ރ. އާއި 1 މިލިއަން ރުފިޔާއާ ދެމެދުން ޖޫރިމަނާ ކުރެވޭނެ؛ 
  • ފަސް ފަހަރު ނުވަތަ އެއަށް ވުރެ އިތުރަށް ތަކުރާރުކޮށްފިނަމަ 1 މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސެންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރުމުގެ އިހުތިޔާރު ވެސް އެމްއެފްޑީއޭއަށް ވަނީ ދީފައި
  • ކާބޯތަކެތި ބަންދުކުރުމުގެ މިންގަނޑާ ހިލާފުވެއްޖެ ނަމަ 5،000ރ. އާއި 100،000ރ.އާ ދެމެދުން ޖޫރިމަނާ ކުރެވޭނެ

ފިޔަވަޅު އެޅުމުގެ ކުރިން އެ ކަމެއް އިސްލާހު ކުރުމަށް ތިން ދުވަހުގެ ފުރުސަތެއް އެ ފަރާތަކަށް ދޭންވާނެކަމަށްވެސް ގަވައިދުގައިވެއެވެ. އަދި ގަވައިދާ ހިލާފު ވެއްޖެނަމަ ޖޫރިމަނާކުރާނެ އަދަދެއް ގަވައިދުގައި ބަޔާންކޮށްފައި އޮތްނަމަވެސް ކުށުގެ ސީރިއަސްކަމަށް ބަލައ،ި ފުރަތަމަ ފަހަރުވެސ،ް ބޮޑު އަދަދުން ޖޫރިމަނާކުރުމުގެ އިހްތިޔާރު އެމްއެފްޑީއަށް ލިބިގެންވާކަމަށްވެސް އެ ގަވައިދުގައިވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;