ads
ޒާޔާ
މާލޭ ސިޓީ ކައުންސިލް މެންބަރު ޒާޔާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި
މާލޭ ސިޓީ ކައުންސިލް މެންބަރު ޒާޔާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފިއެވެ.
Advertisement

އެނގިފައިވާ ގޮތުގައި ޒާޔާ، ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވީ، ގާނޫނު ތަންފީޒުކުރާ މުވައްޒަފެއްގެ ވާޖިބު އަދާކުރަން ގަސްދުގައި ހުރަސްއެޅި ކަމުގެ ތުހުމަތުގައި ދައުލަތުން ކުރާ ދައުވާއާ ގުޅިގެންނެވެ.

އަންނަ ބުދަ ދުވަހަށް ޒާޔާ ކޯޓަށް ހާޒިރުވާން އަންގާފައިވަނީ އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުމަށެވެ. ކޯޓުން ފޮނުވާފައިވާ ޗިޓުގައިވާ ގޮތުން، މި މައްސަލައިގެ އަޑުއެހުން އޮންނާނީ ބުދަ ދުވަހުގެ ހެނދުނު 10:00 ގައެވެ.

ޒާޔާގެ މައްޗަށް މި ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތިންވަނަ ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން މާލޭގައި ބޭއްވި "ލޫޓުވައިފި" މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެއެވެ.

ދަތުރުފަތުރަށް ހުރަސްއަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ވާޖިބު އަދާކުރުމަށް ހުރަސްއެޅި މައްސަލައިގައި ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;