ads
ރައީސް މުއިއްޒު ޕީއެންސީގެ ޖަލްސާގައި ވާހަކަ ދައްކަވަނީ
އެމްޑީޕީގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް: ރައީސް މުއިއްޒު
އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ފިކުރަކީ ފަނާކުރަނިވި ފިކުރެއް ކަމަށް ވިދާޅުވެ އެ ޕަޓީއަށް ރައީސް މުހައްމަދު މުއިއްޒުގެ ބަހުގެ ހަމަލާތަކެއް އަމާޒުކުރައްވައިފި އެވެ.
Advertisement

ދ. މީދޫ ކައުންސިލް ރައީސްގެ ގޮނޑި ޕީއެންސީން ކާމިޔާބު ކުރުމާ ގުޅިގެން އެ ރަށުގައި ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ރައްޔިތުންނަށް ދީފައި އޮތީ ދެ ރާސްތާއެއް ކަމަށެވެ. އެއީ ގެއްލުމާއި ހަލާކުގެ ރާސްތާ އާއި ކާމިޔާބީގެ ރާސްތާ ކަމަށެވެ.

ރައީސް ވަނީ އެމްޑީޕީގެ ސަރުކާރުތަކުން ގެންގުޅުނީ "ފަނާކުރަނިވި" ފިކުރު ކަމަށެވެ. 

އެމްޑީޕީގެ ސަރުކާރުތަކުގައި ދީނާ ދުރު ސިޔާސަތުތަކެއް ގެންގުޅުނު ކަމަށް ތުހުމަތުކުރައްވަމުން ރައީސް ވިދާޅުވީ، އޭރު ފެނިގެންދިޔައީ އިސްލާމީ އަގީދާއަށް ފުރައްސާރަކުރި މީހުންނަށް ރައްޔިތުންގެ ފައިސާއިން މުސާރަދިން މަންޒަރު ކަމަށެވެ. މީގެ އިދިކޮޅަށް، މި ސަރުކާރުގެ އެންމެ މައިގަނޑު އަސާސަކީ އިސްލާމްދީނަށް ނަސްރުދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

"ޑްރަގާއި ވޭޕާއި މި ބާވަތުގެ ހުރިހާ އެއްޗެއް އާންމުކުރުމުގެ ސިޔާސަތު ނޫންތޯ. އަޅުގަނޑުމެންނާ ސަރުކާރު ހަވާލުވިއިރު ވޭޕާއި ޑްރަގު އޮތީ އިންތިހާއަށް ފެތުރިފައި، އާންމުވެފައި. ބިނާކުރަނިވި ފިކުރުން ކަންކަން ތަންފީޒު ކުރަމުން އަންނަނި އެހެނެއް ނޫންތޯ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެމަނިކުފާނުގެ ސްޕީޗުގައި ދަރަނި ދެއްކުމާ ގުޅޭ ޕްރެޒެންޓޭޝަނެއް ވެސް ހުށަހެޅުއްވި އެވެ. ރާއްޖެއަށް މިހާތަނަށް އައި ހުރިހާ ސަރުކާރަކުން ވެސް އޭގެ ކުރީ ސަރުކާރުތަކުން ނަގާފައިވާ ދަރަނިތައް ދައްކަމުންދިޔަ ނަމަވެސް އެއީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ސިފަކޮށް އަބަދު އެ ވާހަކަތަކެއް ނުދައްކަ އެވެ. 

އޭގެ އިތުރުން ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ޕީއެންސީގެ ފިކުރަކީ ވަރަށް ވަރުގަދަ ނުގުޑާ ފިކުރެއް ކަމަށައި އެއީ އިސްލާމް ދީނާއި ގައުމު ކުރިއަށް ނެރޭ ފިކުރެއް ކަމަށާއި އެ ފިކުރުން އިސްލާމް ދީނަށް ނަސްރު ދިނުމާއި ހަމަޖެހުމާއި ތަރައްގީ އާއި ރައްކާތެރިކަން ގެނެސްދޭނެ ކަމަށެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;