މިއަދު ފިނޭގައި ބޭއްވި ރަސްމިއްޔާތެއްގައި ޕޮލިސް ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނާ އޮފް ޕޮލިސް އަހްމަދު މުހްއްމަދާއި، ފިނޭ ކައުންސިލްގެ ރައީސް އަބްދުއްލަތީފް އަލީ އެވެ.
މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނާ އޮފް ފަރްހާދު ފިކުރީ އާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދާއި އެމް.ޓީ.ސީ.ސީގެ ޗީފް އޮޕަރޭޓިން އޮފިސަރު ސިނާން އަލީގެ އިތުރުން ދައުލަތުގެ މުއައްސަސާތަކުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފުޅާކޮށް ހިދުމަތް ރަނގަޅު ކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ދަށުން، މި ޕޮލިސް ސްޓޭޝަނުގެ ބިންގާ އަޅާފައިވަނީ 2025 އޯގަސްޓް 28 ވަނަ ދުވަހުއެވެ.
ހދ. ފިނޭގައި ޕޮލިސް ސްޓޭޝަނެއް ގާއިމުކުރެވުމަކީ އެ ރަށުގެ ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަމަށް ފުލުހުން ބުނެއެވެ. އަދި މީގެ ސަބަބުން ރަށުގެ ރައްޔިތުންނަށް ފަސޭހަކަމާއެކު ފުލުހުންގެ ހިދުމަތް ލިބިގެންދިއުމުގެ އިތުރުން، ގާނޫނު ތަންފީޒުކުރުމަށް ކުރެވޭ މަސައްކަތްތައް ހަރުދަނާވެ، ފުލުހުންނާއި ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށްވެސް ފުލުހުން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;