ads
އެމެރިކާގެ އަސްކަރިއްޔާގެ ބީ-52 މަރުކާގެ ބޯޓެއް
އެމެރިކާގެ އެއާ ފޯސްގެ ބޯޓެއް ވެއްޓި 8 މީހަކު މަރުވެއްޖެ
އެމެރިކާގެ އެއާ ފޯސް މަތިންދާބޯޓެއް ވެއްޓި އޭގައި ތިބި 8 ފަޅުވެރިން މަރުވެފައިވާކަމަށް އެމެރިކާގެ ވައިގެ ސިފައިން ބުނެފި އެވެ.
Advertisement

އެމެރިކާގެ އަސްކަރީ ސިނާއަތުގެ ފަހުރުގެ ގޮތުގައި ބެލެވޭ އެއްބޯޓު ކަމަށްވާ ބީ52 މަރުކާގެ އަށް އިންޖީނުލީ ބިޔަ މަތިންދާބޯޓެއް ވެއްޓުނީ ކެލިފޯނިއާގެ އަސްކަރީ ބޭސް އަކުން ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގަ އެވެ. ބޯޓުގައި ތިބި އަށް މީހުން ވަނީ މި ހާދިސާގައި މަރުވެފަ އެވެ.

މި ހާދިސާގައި ވައިގެ ބަނދަރުގެ ރަންވޭއަށް ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އަންނަ އަންގާރަ ދުވަހާ ހަމައަށް އެ ވައިގެ ބަނދަރުގެ ހުރިހާ އުދުހުންތައް ވަނީ މެދުކަނޑާލައިފަ އެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ހާދިސާ ތަހުގީގު ކުރުމުގެ މަސައްކަތް ވަގުތުން ވަނީ ފަށައިފަ އެވެ.

your imageއެމެރިކާގެ އަސްކަރިއްޔާގެ ބޮން އަޅާ ބީ-52 މަރުކާގެ ބޯޓު ވެއްޓި އެނދި ތަން.

މި އެކްސިޑެންޓާ ގުޅިގެން އެއާފީލްޑް ބަންދުކޮށް، އެ ސަރަހައްދަށް އަންނަން ހުރި ހުރިހާ ފްލައިޓްތަކެއް އެހެން ސަރަހައްދުތަކަށް ފޮނުވާލަމުންދާ ކަމަށް އެ ބޭހުން ސޯޝަލް މީޑިއާގައި ހާމަކޮށްފައިވެ އެވެ.

ބީ-52 ސްޓްރެޓޯފޯޓްރެސް ގެ ބޯޓުތަކަކީ 1950 ގެ އަހަރުތަކުގައި ފުރަތަމަ އުފެއްދި ބޯޓުތަކެކެވެ. އެދުވަސްވަރުން ފެށިގެން މިބާވަތުގެ ބޯޓުތައް ބޭނުންކުރަނީ ސްޓްރެޓީޖިކް ބޭނުންތަކުގަ އެވެ.

މިއީ ދުރުރާސްތާގެ ސްޓްރެޓީޖިކް ބޮން އަޅާ ބޯޓުތަކެކެވެ. އީރާނުގައި އެމެރިކާ އާއި އިޒްރޭލުން ގުޅިގެން ކުރިއަށްގެންދާ ހަނގުރާމައިގައި މި މަރުކާގެ ބޯޓު ބޭނުންކުރެ އެވެ.

ބީ-52 މަރުކާގެ ބޯޓުތަކަކީ 50،000 ފޫޓު މަތިން އުދުހުމުގެ ގާބިލުކަން ލިބިފައިވާ ބޯޓެކެވެ. އެމެރިކާއިން ވަނީ ވިއެޓްނާމް، ގަލްފް، އިރާގު، އަފްގްނިސްތާން، އަދި އެންމެ ފަހުން އީރާނުގެ ހަނގުރާމާގައި ވެސް ވެއްޓުނު މަތިންދާބޯޓު ބޭނުންކޮށްފަ ކަމަށް ބައެއް މީޑިއާ ރިޕޯޓްތައް ވަނީ ބުނެފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;