ފްލެޓާއި ގޯއްޗަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވީ ރޭގެ މެންދަމު 2:00 އަށެވެ. ހައުސިން މިނިސްޓްރީން ބުނީ ވަގުތު ހަމަވިއިރު މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަން ގާއިމްކޮށްފައިވާ "ބޯހިޔާވަހިކަން ޕޯޓަލް" އަށް ޖުމްލަ 58،505 ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެއީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
މިއީ މިހާތަނަށް ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނައިން ފޯމު ހުށަހެޅި ފަހަރެވެ. އެންމެ ފަހުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި ގެދޮރުވެރިޔާ އަދި ބިންވެރިޔާ ސްކީމަށް އެދި ހުށަހަޅާފައި ވަނީ 40،000 އަށް ވުރެ ގިނަ ފޯމެވެ.
ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން 7900 ފްލެޓާއި 1250 އަކަފޫޓުގެ ޖުމްލަ 15000 ގޯތި ދޫކުރާނެ އެވެ
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;