ގެދޮރުވެރިކަމުގެ ކޮމިޓީގެ ރިޔާސަތަށް ބަދަލު މިއައީ އެ ކޮމެޓީގެ މުގައްރިރުކަން މިހާތަނަށް ފުރުއްވި ޕީއެންސީގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރު އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހްގެ ބަދަލުގައި، އެ ކޮމެޓީއަށް މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރިކް ހަމަޖެއްސުމާއި ގުޅިގެންނެވެ.
ކޮމެޓީގެ މުގައްރިރުކަމަށް ހުސެއިން ޝަރީފް ހޮވާފައިވަނީ މުގައްރިރު ހޮވަން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 10 މެމްބަރުންގެ އިއްތިފާގުންނެވެ.
12 މެމްބަރުން ތިއްބަވާ މި ކޮމެޓީގައި އިދިކޮޅު އެމްޑީޕީގެ ދެ މެމްބަރުން ތިއްބަވާއިރު ދެން ތިއްބަވާ ހުރިހާ މެމްބަރުންނަކީ ވެރިކަން ހިންގާ ޕީއެންސީގެ މެމްބަރުންނެވެ.
މި މަޖިލީހުން އުފެއްދި މި ކޮމިޓީގެ މަސްއޫލިއްޔަތަކީ، ގެދޮރުވެރިކަމާގުޅޭ ކަންކަން ދިރާސާކުރުމާއި، ބޯހިޔާވަހިކަމާގުޅޭ ޤައުމީ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލެއް އޮތްނަމަ އެކަމެއް ފާހަގަކޮށް އެކަމެއް މަޖިލީހަށް ހުށަހެޅުމާއި، ގެދޮރުވެރިކުރުވުމާއި ހިޔާވަހިކަމާގުޅޭ ބިލުތައް ދިރާސާކޮށް، އެ ބިލުތައް ފުރިހަމަކޮށް މަޖިލީހުން ރިއާޔަތްކޮށްދިނުމަށް އެދި ހުށަހެޅުމާއި، ގެދޮރުވެރިކަމާ ގުޅޭގޮތުން، ގެދޮރުވެރިކުރުވުމާއި ހިޔާވަހިކަމާގުޅޭ ވުޒާރާއާއި ގެދޮރުވެރިކުރުވުމާއި ހިޔާވަހިކަމާގުޅޭ ކަންކަން ރާވައި ހިންގާ އެނޫންވެސް އެހެން އިދާރާތަކުން ހިންގާ މަޝްރޫއުތަކާ ގުޅިގެން ފާހަގަކުރެވޭ ކަންކަން ހައްލުކުރުމަށް ސަރުކާރަށް ލަފާދިނުމެވެ.
މީގެ އިތުރުން، ކޮމިޓީގެ މަސްއޫލިއްޔަތުގެ ދާއިރާގައި ހިމެނޭ އިދާރާތަކުގެ އަހަރީ ރިޕޯޓުތައް ދިރާސާކޮށް، އިސްލާހުކުރަންޖެހޭ ކަންކަން ފާހަގަކޮށް އެ އިދާރާތަކަށް އެކަންކަން އެންގުންވެސް ހިމެނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;