ads
މި ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު އެކަކާ އެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ.
ދިރާގުން ވަށްމާފުށި ޒިޕްލައިންގެ ތިން ނަސީބުވެރިން ހޮވައިފި
ދިރާގާއި ވަށްމާފުށި ގުޅިގެން ކުރިއަށް ގެންދިޔަ "ވަށްމާފުށި ޒިޕްލައިން އެޑްވެންޗާ" ގިވްއަވޭ ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
Advertisement

މިދިޔަ އޭޕްރިލް މަހުގެ 28އިން މިދިޔަ މެއި މަހުގެ 31އަށް ކުރިއަށްގެންދިޔަ އެ ހަރަކާތުގެ ދަށުން، ގުރުއަތުން ހޮވުނު ތިން ނަސީބުވެރިއަކަށް ރާއްޖޭގެ ފުރަތަމަ ޒިޕްލައިން ހިލޭ ތަޖުރިބާކޮށްލުމުގެ ފުރުސަތު ވަނީ ފަހިކޮށްދީފަ އެވެ. އެ ފުރުސަތުގެ ދަށުން، ކޮންމެ ނަސީބުވެރިއަކަށް ވެސް އިތުރު މީހަކާއެކު މި ތަޖުރިބާގައި ބައިވެރިވުމުގެ ފުރުސަތު ލިބޭނެ އެވެ.

ގުރުއަތުން ހޮވުނު ނަސީބުވެރިންނަކީ:

1. @Salwakamari_

2. @Hamdhoon.ibraahim

3. @She.Hero

ދިރާގުން ވަނީ ދާދި ފަހުން ދިރާގުގެ އެލީޓް ކްލަބްގެ ޕާޓްނަރެއްގެ ގޮތުގައި ވަށްމާފުށި ރަސްމީކޮށް ހަމަޖައްސައި އެ ކްލަބުގެ މެންބަރުންނަށް ހިތްގައިމު އާ ތަޖުރިބާތަކާއި ހާއްސަ ޑިސްކައުންޓްތަކެއް ލިބޭނެ މަގު ފަހިކޮށްދީފަ އެވެ. މި ޕާޓްނަޝިޕްގެ ދަށުން:

  • ދިރާގުގެ އެލީޓް މެންބަރުންނަށް، ވަށްމާފުށީގެ ހިދުމަތްތަކުން ފަސް އިންސައްތަ ޑިސްކައުންޓް ލިބޭނެ 

  • އެލީޓް ޕްލެޓިނަމް މެންބަރުންނަށް ޒިޕްލައިން އެޑްވެންޗާއިން ދިހަ އިންސައްތަ ޑިސްކައުންޓް ލިބޭނެ 

  • ކަސްޓަމަރުން ބުކިން ހަދާއިރު މި ޑިސްކައުންޓްތައް ބޭނުންކުރުމަށް ދިރާގު އެޕް މެދުވެރިކޮށް އެލީޓް ޑިޖިޓަލް ކާޑު ދައްކާލުމުން މި ޑިސްކައުންޓްތައް ފަސޭހަކަމާ އެކު ބޭނުންކުރެވޭނެ

ދިރާގު އެލީޓް ކްލަބް ޕްރޮގްރާމް ފަރުމާކޮށްފައިވަނީ ދިރާގުގެ ކަސްޓަމަރުންގެ އަގުވަޒަންކޮށް އެ ކަސްޓަމަރުންނަށް އަގުހުރި އޮފާތަކުގެ އެހީގައި ކަސްޓަމަރުންގެ ދިރިއުޅުން އިތުރަށް ފުރިހަމަކޮށްދީ، ދިރާގާއި ކަސްޓަމަރުންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ މަގުސަދުގަ އެވެ. ދިރާގުން ދަނީ ދިރާގުގެ އެލީޓް ޕާޓްނަރުންނާ ގުޅިގެން މި ފަދަ އިތުރު ފައިދާތައް ހޯދައިދިނުމަށް މަސައްކަތްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;