ads
އުލްވާޏް ޖޯޑަން އަށް އެއްވަރު ކޮށްދިން ގޯލު ޖަހަނީ - ފޮޓޯ: އެލްއޭ ޓައިމްސް
ފީފާ ވޯލްޑް ކަޕް: ޖޯޑަންގެ ފެށުން ގޯސް، އޮސްްޓްރިއާ އަށް ރަނގަޅު ފެށުމެއް
މިހާރު ކުރިއަށްދާ ފީފާ ވޯލްޑް ކަޕް 2026 ގައި ޖޯޑަން ކުޅުނު ފުރަތަމަ މެޗުން އޮސްޓްރިއާ އަތުން 3-1 ގެ ނަތީޖާއަކުން ބަލިވެއްޖެ އެވެ.
Advertisement

އެމެރިކާގެ ސެން ފްރާންސިސްކޯ ބޭ އެރީނާ ސްޓޭޑިއަމްގައި މިއަދު ހެނދުނު ކުޅުނު މެޗު ފެށިގެން ދެވަނަ މިނެޓުގައި ޖޯޑަން ޓީމުން ތަނަވަސްކުރި ފުރަތަމަ ފުރުސަތުގައި އެ ޓީމުގެ ކެޕްޓަން އެހްސާން ހައްދާދު ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ބޭރު ދާގަނޑަށެވެ.

އޮސްޓްރިއާ ލީޑު ނެގީ 20 ވަނަ މިނިޓުގައި ރޮމާނޯ ޝްމިޓް އޭރިއާ ބޭރުން ފޮނުވާލި ހަމަލާ ގޯލުގެ މަތީ ކަނަށް އަމާޒު ކޮށްލައިގެންނެވެ. މިއީ މި ހާފުގައި އެ ޓީމުން ގޯލާ އަމާޒުކޮށް ފޮނުވާލި ހަމައެކަނި ހަމަލާ އެވެ.

ފުރަތަމަ ހާފުގައި އޮސްޓްރިއާގެ މާކޯ އާނައުޓޮވިޗް ވަނީ އެ ޓީމަށް އިތުރު ލަނޑެއް ޖަހައިދީފަ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމާފައިވަނީ ގޯލެއް ނޫން ކަމަށެވެ. އެހެން ނަމަވެސް، ޖެހުނު ހަމައެކަނި ގޯލާ އެކު ރަނގަޅަށް ޑިފެންސްކޮށް ލީޑުގައި އޮވެގެން، އޮސްޓްރިއާ އިން ފުރަތަމަ ހާފު ނިންމާލި އެެވެ. 

ޖޯޑަން އިން ދެ ވަނަ ހާފު ފަށައިގެން ފަސް މިނިޓް ތެރޭ ނަތީޖާ ހަމަހަމަކުރި އެވެ. އެ ގޮތުން، މެޗުގެ 50 ވަނަ މިނިޓްގައި، ޖޯޑަން އަށް އެއްވަރުކޮށްދިން ލަނޑު ޖެހީ އަލީ އިޔާދު އުލްވާން އެވެ. ޖޯޑަންގެ ތާރީހުގައި ވޯލްޑް ކަޕެއްގައި ކާމިޔާބުކުރި ހަމައެކަނި ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނީ ރަވާބްދޭ އެވެ. 

ނަތީޖާ ހަމަހަމަ ކުރުމަށް ފަހު، ޖޯޑަން އިން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް މެޗުގެ 76 ވަނަ މިނިޓްގައި، އޮސްޓްރިއާ އިން ދެ ވަނަ ލަނޑެއް ޖަހައި، އަލުން ލީޑުނެގި އެވެ. އެ ގޮތުން، މި ލަނޑަކީ، އޮސްޓްރިއާގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޒަޔާޒް އަލް އަރަބް އަތުން ބައިކޮޅަށް ވަން ގޯލެކެވެ. 

އޮސްޓްރިއާއިން ފަހު ވަގުތު ގިނަ ފުރުސަތު ހޯދި އިރު، މެޗު ނިންމާލީ ވެސް ގޯލަކުންނެވެ. މެޗުގެ އިތުރު ވަގުތުގެ 10 ވަނަ މިނިޓުގައި ވީއޭއާރު ރިވިއު އަކަށް ފަހު ރެފްރީ ދިން ޕެނަލްޓީ ކާމިޔާބު ކުރީ މާކޯ އާނައުޓޮވިޗް އެވެ.

your imageފީފާ ވޯލްޑް ކަޕްގައި ޖޯޑަން ކޮޅަށް ލަނޑު ޖެހުމަށް ފަހު އޮސްޓްރިއާ އިން އުފާފާޅުކުރަނީ

އޮސްޓްރިއާ އަކީ މީގެ ކުރިން ހަތް ފަހަރަކު ވޯލްޑް ކަޕްގައި ވާދަކޮށްފައިވާ ޓީމެކެވެ. ނަމަވެސް މިއީ 1998 ވަނަ އަހަރަށްފަހު އެ ގައުމުން ވޯލްޑް ކަޕްގައި ކުޅޭ ފުރަތަމަ ފަހަރެވެ. އަނެއްކޮޅުން ޖޯޑަން އަކީ ފަހަކަށް އައިސް އޭޝިއާގައި ބޮޑު ކުރިއެރުމެއް ހޯދަމުން އަންނަ ޓީމެކެވެ. އެގޮތުން އެ ޓީމުން ވަނީ 2023 ވަނަ އަހަރުގެ އޭޝިއަން ކަޕްގެ ފައިނަލްގައި ކުޅެފައެވެ.

އޮސްޓްރިއާ އިން ދެ ވަަނަ މެޗުގައި ކުޅޭނީ އާޖެންޓީނާއާ ދެކޮޅަށެވެ. އަދި، ޖޯޑަން އިން ބައްދަލުކުރާނީ އަލްޖީރިއާއާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;