' ވަޒީފާ ބުރާސްފަތި" ގެ ނަމުގައި އެޕާޓިން ހިންގާ މި ހަަރަކާތް ފަށަން ހަމަޖެހިފައި ވަނީ ރަސްފަންނު ސަރަހައްދުން 8:30 ގައެވެ.
އެމްޑީޕީން ބުނީ މި ހަރަކާތުގެ މަލޭގެ މަގުތަަކަށް ނުކުމެ، ސަރުކާރުން ބޭއިންސާފުން ވަޒީފާތަކުން ވަކިކޮށް އަދި ވަޒީފާގެ ބިރު ދައްކާތީ އެކަމާ ގުޅޭ ކަންބޮޑުވުންތައް ފާޅުކުރާނެ ކަމަށެވެ. އަދި މި ހަރަކާތް ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދަން ފުލުހުންގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް އުއްމީދުކުރާކަމަށްވެސް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީމް މިރޭ މުޅީ ރާއްޖޭގައި މުޒާހަރާކުރަން ނިންމީ އެޕާޓީގެ ޗެއާޕާސަންކަމަށް ދާދީ ފަހުން އިންތިހާބުވި ކުރީގެ ރައީސް މުހައްމަދު ނަޝީދު، އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށައެޅުއްވި ގަރާރަކާއި ގުޅިގެންނެވެ.
އެ ގަރާރުގައި ބުނެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ނިންމަން ގާނޫނުގައިވާ މުއްދަތު ދަންމާލައި، ފެނާއި ނަރުދަމާގެ މަޝްރޫއުތައް ވެސް ހިމެނޭ ގޮތަށް އެމްޑީޕީގެ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް މަޑުޖެހިފައިވާ ކަމަށާއި އަދި ރައީސް މުއިއްޒާ ދެކޮޅަށް ޝުއޫރު ފާޅުކުރަމުންދާ މީހުންނާއި، އަދި އެމްޑީޕީގެ ކެމްޕެއިން ހަރަކާތްތަކުގައި ބައިވެރިވި މީހުންގެ ތެރެއިން ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ތިބި މީހުން ވަޒީފާއިން ވަކިކުރުމާއި ސަސްޕެންޑްކުރުމާއި އާއިލާއާ ދުރު ރަށްރަށަށް ބަދަލުުކުރުން ފަދަ ފިޔަވަޅުތައް އަޅަމުންދާ ކަމަށެވެ.
ވަޒީފާ ބުރާސްފަތި' ނަމުގައި މިރޭ ބާއްވާ އެއްވުމުގައި ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް މެންބަރުންގެ އިތުރުން އާންމު ގިނަ މެންބަރުން ބައިވެރިވާނެކަމަށް އެމްޑީޕީން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;