ads
ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ)
ނުކުޅެދޭ މީހުންގެ އިނާޔަތް ޖަމާވުން ލަސްވާ މައްސަލަ މަޖިލީހަށް
ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ލިބެންޖެހޭ ފައިސާ ޖަމާވުން ލަސްވާތީވެ އެކަމުގެ ކަންބޮޑުވުން އިތުވެފައިވާތީ އެ މައްސަލަ ބަލާދިނުމަށް އެދި ރައްޔިތުންގެ މަޖިލިހަށް ހުށައަޅައިފިއެވެ.
Advertisement

އެ މައްސަލަ މަޖލިސް މެދުވެރިކޮށް ބަލާދިނުމަށް އެދި ހުށައެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ. 

ކުޑޫ މަޖިލިސްގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓިގައި ވަނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކަށް ވެސް ދައުލަތުންދޭ މާލީ އެހީއެއް ނުވަތަ އިނާޔަތެއް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭކަމަށެވެ. އެހެންނަމަވެސް ފަހަކަށް އައިސް ހާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާ މެދުވެރިކޮށް ދައުލަތުން ދޫކުރާ މާލީ އިނާޔަތް ކަނޑައެޅިފައިވާ ތާރީހަށް، ބަރާބަރަށް ޖަމާވަމުން ނުދާ ކަން ކުޑޫ ވަނީ ފާހަގަކުރައްވާފައެވެ. 

މި އެހީއަކީ އެފަދަ މީހުންގެ ބޭސްފަރުވާ އާއި ފަރުދީ އަދި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށާއި ފައިސާ ޖަމާވުން ލަސްވުމުގެ ސަބަބުން އެމީހުންނާއި އެމީހުންގެ އާއިލާތަކަށް މާލީ އަދި ނަފްސާނީ ދަތިތައް ކުރިމަތިވަމުން އަންނަކަންވެސް ކުޑޫގެ ސިޓީގައި ވަނީ ފާހަގަކުރައްވާފައެވެ. 

އެހެންކަމުން މި މައެްސަލަ މަޖިލީހުގެ ކަމާ ގުޅުންހުރި ކޮމެޓީ އަށް ހުށަހަޅައި، އެންސްޕާ އަދި ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ. އަދި ކޮންމެ މަހެއްގެ ވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް އެ ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ ނިޒާމެއް ސަރުކާރުން ކަށަވަރު ކުރުމަށް މަޖިލީހުގެ ފަރާތުން ބާރުއަޅައިދިނުމަށްވެސް ކުޑޫ މަޖިލީހުގައި ރައީސަށް ފޮނުވި ސިޓީގައި ވަނީ އެދިވަޑައިގެންފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;