ކަސްޓަމުން ބުނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާ ގަވާއިދާ ހިލާފް ތަކެތި ހުރެދާނެކަމަށް ކަސްޓަމްސްއަށް ބެލެވިގެން، އިއްޔެ މާލޭ ކޮމާޝަލް ހާބަރުގައި، ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ.
މިއޮޕަރޭޝަންގައި “ޖެނެރަލް ކާގޯ” ގެ ގޮތުގައި ވައްދާފައިވާ ޝިޕްމަންޓެއް ބަލާފާސްކޮށް، އެ ޝިޕްމަންޓުގެ ތެރެއިން ގިނަ އަދަދެއްގެ ވޭޕް ފޮރުވާފައި ހުއްޓާ ފެނިފައިވާކަމަށް ކަސްޓަމުން ބުނެއެވެ. މިގޮތުން ޖުމްލަ 5،600 ވޭޕް ކާޓްރިޖް ހޯދައި، ކަސްޓަމްސްގެ ބެލުމުގެ ދަށަށް މިހާރު ވަނީ ގެނެވިފައިވާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަކަމަށް ކަސްޓަމުން ބުނެއެވެ.
ވަގަށް ވައްދަން އުޅުނު ފިނަ އަދަދެއްގެ ވޭޕްތަކެއް ކަސްޓަމުން ވަނީ މިދިޔަ އަންގާރަދުވަހުވެސް އަތުލައިގެންފައެވެ. އެތަކެތި ވައްދަން މަސައްކަތްކޮށްފައިވަނީ ޗިޕްސް ދަޅުތަކެއްގެ ތެރެއަށް އަޅާ ފޮރުވައިގެންނެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;