ads
ޕިއްޒާ ހަޓް
ފާސްޓްފުޑް ޗެއިން "ޕިއްޒާ ހަޓް" ވިއްކާލަނީ
ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފާސްޓްފުޑް ޗެއިން ކަމަށްވާ ޕިއްޒާ ހަޓް، 2.7 ބިލިއަން ޑޮލަރަށް ވިއްކާލަން އެ ކުންފުނީގެ މައި ކުންފުނި ކަމަށްވާ ޔަމް ބްރޭންޑްސްއިން ނިންމައިފި އެވެ.
Advertisement

މި އެއްބަސްވުމުގެ ދަށުން، ޗައިނާގެ މެއިންލޭންޑްގައި ހުރި ޕިއްޒާ ހަޓްގެ ވިޔަފާރި 1.2 ބިލިއަން ޑޮލަރަށް ގަންނާނީ ޔަމް ޗައިނާ ހޯލްޑިންގްސް އިންނެވެ. 

އަދި ބާކީ ހުރި ބައި 1.5 ބިލިއަން ޑޮލަރަށް ގަންނާނީ ޕްރައިވެޓް އީކުއިޓީ ފާމެއް ކަމަށްވާ ލޯންގްރޭންޖް ކެޕިޓަލް އިންނެވެ.

ތަކެތީގެ އަގުބޮޑުވުމާއި މުދާ އުފައްދާ ރޯމެޓީރިއަލްގެ އަގު އުފުލުމުގެ ސަބަބުން، އެމެރިކާގެ ޕިއްޒާ ޗޭންތަކަށް ވަނީ މާލީ ގޮތުން ބޮޑެތި ބުރަތަކެއް އުފުލަން ޖެހިފަ އެވެ.

މީގެ އިތުރުން، ބަރުދަން ލުއިކުރަން ބޭނުންކުރާ ބޭސްތައް ބޭނުންކުރާ މީހުން ގިނަވުމުގެ ސަބަބުން ސިއްހަތަށް ފައިދާހުރި ކާނާއަށް މީހުން ސަމާލުކަންދޭން ފެށުމުން، ޕިއްޒާއަށް އޮތް ޑިމާންޑް ވަނީ ދަށްވެފަ އެވެ.

ޕިއްޒާ ހަޓްގެ ސޭލްސް ޖެހިޖެހިގެން އެތައް ކުއާޓަރެއްގައި ދަށްވުމާ ގުޅިގެން، ޔަމް އިން ވަނީ މިދިޔަ އަހަރުން ފެށިގެން ސްޓްރެޓީޖިކް ގޮތުން ހެދޭނެ ގޮތްތައް ބަލަން ފަށާފައެވެ.

އަދި ލޯންގްރޭންޖް ކެޕިޓަލްއާއެކު ޚާއްސަ މަޝްވަރާތަކެއް ފަށާފައިވަނީ މެއި މަހުގެ ތެރޭގައެވެ.

ޕިއްޒާ ހަޓް އެންމެ ފުރަތަމަ ޕެޕްސީ އިން ގަނެފައިވަނީ 1977 ގައެވެ. އަދި 1997 ގައި ކޭއެފްސީ އަދި ޓެކޯ ބެލްއާއެކު ވަކި ކުންފުންޏަކަށް ބަދަލުކޮށް، ފަހުން 2002 ގައި އެ ކުންފުނީގެ ނަން ޔަމް ބްރޭންޑްސްއަށް ބަދަލުކުރި އެވެ.

ޕިއްޒާ ހަޓް ވިއްކާލުމަށްފަހު ޔަމްގެ ދަށުގައި ބާކީ އޮންނާނީ ހަމައެކަނި ޓެކޯ ބެލް އަދި ކޭއެފްސީއެވެ. ކަމާބެހޭ އިދާރާތަކުގެ ހުއްދަތައް ލިބުމުން، މި އަހަގެ ތިންވަނަ ކުއާޓަރުގެ ތެރޭގައި މި ވިޔަފާރި މުއާމަލާތް އެއްކޮށް ފުރިހަމަކޮށް، ޕިއްޒާ ހަޓްގެ ވިޔަފާރި އަލަށް ގަންނަ ފަރާތްތަކުގެ ނަމަށް އެއްކޮށް ބަދަލުކޮށް ނިމޭނެ ކަމަށް ޔަމް އިން ލަފާކުރެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;