ads
ގާޒީ އިހްސާން
ދަންވަރު އަމުރު ނެރުނު ގާޒީ އިހްސާން ސަސްޕެންޑްކޮށްފި
ލެގޫންސް ސްޕޯޓްސް ކްލަބާ ދެކޮޅަށް ދެ މީހަކު، ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެއްގައި އާންމު އުސޫލުތަކާ ހިލާފަށް ދަންވަރު ގަޑީގައި ވަގުތީ އަމުރެއް ނެރުއްވި ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހްސާން، ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ސަސްޕެންޑްކޮށްފިއެވެ.
Advertisement

ޖޭއެސްސީން ބުނީ ގާޒީ އިހްސާން ސަސްޕެންޑްކުރީ އޭނާއާ ގުޅޭގޮތުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން، ޝަރުއީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ މައްޗަށް ބިނާކޮށް ކޮމިޝަނުން ވަކިގޮތެއް ކަނޑައަޅަންދެން ކަމަށެވެ.

އިހްސާން ސަސްޕެންޑްކުރީ ދައުވާ ރައްދުވާ ފަރާތްތަކުގެ ކިބައިން އަޑުއެހުމެއް ނެތި ދަންވަރު ގަޑީގައި ވަގުތީ އަމުރެއް ނެރުއްވި މައްސަލައެއް ފެންމަތިވެފައިވަނިކޮށެވެ. އެ އަމުރުގެ ދަށުން ލެގޫންސް ކްލަބުގެ ބޭންކް އެކައުންޓްތައްވެސް ވަނީ ހިފަހައްޓާފައެވެ.

މީގެ ކުރިންވެސް ސިވިލް ކޯޓުގެ މުވައްޒަފުންގެ ތެރެއިން ގާޒީ އިހްސާނާ ދެކޮޅަށް މައްސަލަތަކެއް ޖޭއެސްސީއަށް ހުށަހަޅާފައިވާކަން މީޑިއާއަށް ވަނީ ތިލަވެފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;