ފުލުހުން ބުނީ ހުޅުމާލެ ސަރަހައްދުގައި ޓޯ ކެޕޭސިޓީ އިތުރުކުރުމަށް ބޭނުންވާ ވެހިކަލްތައް ހޯދުމަށް ބޭނުންވާކަމަށެ ވެ. އެހެންކަމުން އެ ސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ފުލުހުން މިއަދު ވަނީ ހުޅުވާލާފަ އެވެ.
މި ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަން ރަޖިސްޓްރީ ނަމްބަރެއް ލިބޭނެކަމަށާއި ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހު ވަގުތަކީ މިމަހުގެ 27 ވަނަ ދުވަހުގެ 12:00 ކަމަށް ފުލުހުން ބުނެ އެވެ.
ޕްރީބިޑް ބައްދަލުވުން އޮންނާނީ މަމަހުގެ 30 ވަނަ ދުވަހުގެ 14:00ގައި ކަމަށާއި ބީލަން ހުޅުވުން އޮންނާނީ އަންނަމަހުގެ 03 ދުވަހުގެ 11:00 ގައި އަމީނީމަގު، އިސްކަންދަރު ކޮށީގައިކަމަށް ފުލުހުން ބުނެ އެވެ.
ހުޅުމާލޭގެ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކްކުރުން ގިނަވެގެން އެކަން ނުކުރަން ފުލުހުން އިލްތިމާސްކުރުމަށްފަހު ވެހިކަލްތައް ޓޯ ކުރަން ވަނީ ފަށާފަ އެވެ.
ހުޅުމާލޭގެ މަގުތަކުގެ ޕޭވްމަންޓްތަކުގައި ވެހިކަލް ޕާކްކުރުމުން އެކަމު ޝަކުވާތައް ބޮޑު މީހުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުން ނެވެ. އެގޮތުން ޕޭވްމަންޓްތަކުގެ ދެފަރާތުގައި ވެހިކަލް ޕާކުކޮށް ހިގާނެ ޖާގަ ނެތުމުގެ ކަންބޮޑުވުން ވަނީ ފާޅުކޮށްފަ އެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;