ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައި
ފަހި ފްލެޓު ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އެފްޑީސީން އަޅަނީ
ހުޅުމާލެ ފޭސް ދޭއްގައި ހުންނަ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ ފްލެޓުތައް ކައިރީގައި 18 ބުރީގެ ކޮމާޝަލް އިމާރާތެއް އަޅަން އެ ކުންފުނިން ނިންމައިފިއެވެ.
Advertisement

މި އިމާރާތް އަޅަން ނިންމާފައިވަނީ 'އަމާން ދޯދި 16' އާ އިންވެގެން އޮތް ބިމުގައެވެ. 

އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް "ސީއެންއެމް" އާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އަމާން ދޯދީގެ 16 ވަނަ ޓަވަރު ކައިރީގައި ކޮމާޝަލް އިމާރާތެއް އެޅުމަށް ހަވާލުކޮށްފައި ވަނީ ކަނޑޫފާ އިންވެސްޓްމަންޓާ ކަމަށެވެ. 

ޖުމުލަ 18 ބުރިއަށް އިމާރާތްކުރާ އެ ޕްރޮޖެކްޓްގެ ހުރިހާ ހަރަދެއް ކުރަނީ އެ މަޝްރޫއު ހިންގާ ކުންފުނިން ކަމަށް ހަމްދާން ވިދާޅުވިއެވެ. އެކަމަކު މަޝްރޫއު ފަށާނެ ސީދާ ތާރީހު އަދިއެއް ނޭނގެ އެވެ. 

ހަމްދާން ވިދާޅުވީ މިހާރު އެއްވެސް ޕާކިން ސަރަހައްދެއް ނެތް މި ސަރަހައްދުގައި މި މަޝްރޫއުގެ ދަށުން ޕާކިންނަށް ޖާގަތަކެއް ހަދާނެކަމަށެވެ. އަދި މި އިމާރާތް ނިމުމުން އެފްޑީސީގެ ހެޑް އޮފީސް އެ އިމާރާތަށް ބަދަލުކުރާނެކަމަށް ހަމްދާން ޝަކީލް ވިދާޅުވިއެވެ. 


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;