ads
ކަސްޓަމުން އިއްޔެ އަތުލައިގެން ވޭޕްތައް-- ފޮޓޯ : ކަސްޓަމްސް
ރާއްޖެ ގެނައި 15،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގެ ތެރެއިން އިއްޔެ ވެސް 15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި އެވެ.
Advertisement

ކަސްޓަމްސުން ފާއިތުވި ފަސް ދުވަސް ތެރޭގައި ހިންގި ތިން އޮޕަރޭޝަނެއްގައި 22،309 ވޭޕް ކާޓްރިޖް އަތުލައިގަނެފައިވެ އެވެ. މީގެ ތެރޭގައި ކަސްޓަމްސުން އިއްޔެ އަތުލައިގަތް 15،601 ވޭޕް ކާޓްރިޖް ހިމެނެ އެވެ.

ރާއްޖެ ގެނައި ޝިޕްމަންޓެއް، ބަލައިފާސްކޮށް ކަސްޓަމްސުން އިއްޔެ އަތުލައިގަތް މި ތަކެއްޗަކީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން ސަރުކާރުން 15 ނޮވެމްބަރު 2024ގައި މަނާކުރި ފަހުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފެހެއްޓި ވޭޕްގެ އެންމެ ބޮޑު ޝިޕްމަންޓެވެ. 

އާންމު މުދަލުގެ ގޮތުގައި ޑިކްލެއާކޮށްފައިވާ މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރޭގައި ފޮރުވާފައި ހުރި ޖުމްލަ 15,601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

މިއީ ވޭޕް އާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރުމަށް ސަރުކާރުން ނިންމެވި ތާރީހަށް ފަހު، ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސުން ހިފަހައްޓާފައިވާ އެންމެ ބޮޑު ވޭޕް ޝިޕްމަންޓް ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;