ads
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓް އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އޭނާގެ ފިރިމީހާއާއި އެކު
އެއް މިލިއަން ވަނަ ޓޫރިސްޓަކަށް ސްޕެއިން މީހެއް
މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި އެއް މިލިއަން ވަނަ ޓޫރިސްޓްގެ ޝަރަފު ސްޕެއިން ރައްޔިތަކަށް ލިބިއްޖެއެވެ.
Advertisement

އެ ޝަރަފު ހާސިލްކުރީ މިއަދު ރާއްޖެއައި ސްޕެއިންގެ ރައްޔިތެއްކަމަށްވާ އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ އެވެ. އޭނާ ރާއްޖެއަށް ކުރި ފުރަތަމަ ދަތުރުގައި މިއަދު ރާއްޖެ އައީ ފިރިމީހާއެކު ޗުއްޓީ ހޭދަކުރާށެވެ. މި ދެމެފަރިން ޗުއްޓީ ހޭދަކުރުމަށް ނިންމާފައިވަނީ  ވ. ފުލިދޫ ދަ ޕާލް ސީވިއު ގެސްޓް ހައުސްގައެވެ. 

އަލްމުދޭނާ އޮރްތޫނޯ އެސްޕާޒާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހޫނު މަރުޙަބާއެއް ކިޔާފައެވެ. މި ފަތުރުވެރިޔާއަށް މަރުހަބާ ކިޔަން ބޭއްވި ރަސްމިއްޔާތުގައި ޓްއަރިޒަމް މިނިސްޓަރު މުހައްމަދު އަމީންވެސް ބައިވެރިވެޑާއިގަތެވެ. 

މި އަހަރުގެ ފުރަތަމަ ހަ މަސް ތެރޭގައި އެއް މިލިއަން ޓޫރިސްޓު ހަމަވިއިރު މިދިޔަ އަހަރު އެއް މިލިއަން ވަނަ ޓްއަރިސްޓް ރާއްޖެ އައިސްފައިވަނީ ޖޫންމަހުގެ 7 ވަނަދުވަހުއެވެ. 2024 ވަނަ އަހަރު 1 މިލިޔަން ފަތުރުވެރިޔާ ރާއްޖެ އައީ ޖޫން 27 ވަނަ ދުވަހުއެވެ.

މިހާރު މެދު އިރުމަތީގއަި ކުރަމުންދާ ހަނގުރާމއިގެ ސަބަބުން ރާއްޖެއަށް އަންނަ ޓްއަރިސްޓުންގެ އަދަދު ވަނީ މަދުވެފައެވެ. އެހެންނަމަވެސް އެ އަދަދުތައް މިހާރު ރަނގަޅުވާން ފަށާފައިވާކަމަށް ޓްއަރިޒަމް މިނިސްޓްރީން ވަނީ ބުނެފައެވެ. 

އެންމެ ގިނަ ޓްއަރިސްޓުން އައި ތިން ގައުމު

  • ޗައިނާ -  155،946 ޓޫރިސްޓުން 
  • ރަޝިއާ -  138،859 ޓޫރިސްޓުން 
  • އިނގިރޭސިވިލާތް-  83،389 ޓޫރިސްޓިން 

ސަރުކާރުގެ އަމާޒަކީ މި އަހަރު ރާއްޖެއަށް 2.3 މިލިއަން ޓޫރިސްޓުން ގެނައުމެވެ. މިދިޔަ އަހަރު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 2.2 މިލިއަން ޓޫރިސްޓުންނެވެ.

 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;