މިއީ 2019 ވަނަ އަހަރުގެ ތެރޭގައި، އުމުރުން 18 އަހަރު ނުވާ ކުއްޖަކު ވިހޭ ކުއްޖަކު މަރާލި މައްސަލައެވެ. ކައިވެނީގެ ބޭރުން ލިބުނު އެ ކުއްޖާ މަރާލާފައި ވަޅުލުމުގައި އުޅުނީ، 18 އަހަރުން ދަށުގެ އެ ކުއްޖާގެ ލޯބިވެރިޔާއާއި، 18 އަހަރުން ދަށުގެ އެ ކުއްޖާގެ މަންމަ، އަދި މަންމަގެ ލޯބިވެރިޔާއެވެ. މި ތިން މީހުންގެ މައްޗަށް ދައުލަތުން ކުރި ދައުވާތައްވަނީ ސާބިތުވެފައެވެ.
ސިއްރުކޮށްގެން ކުރިއަށް ގެންދިޔަ މި ޝަރިއަތުގައި ކުށް ސާބިތުވީ، ތިން މީހުންވެސް ކުށަށް އިއުތިރާފުވުމުންނެވެ. ތިން މީހުންގެ މައްޗަށްވެސް އިއްވާފައިވަނީ ޖަލު ހުކުމެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;