ads
ސައުދީގެ ބަޖެޓް ފްލައިޓް ފްލައިނާސް އަލުން ރާއްޖެއަށް ދަތުރުތައް ފަށާ އައި ފުރަޔަމަ ފްލައިޓަށް ހޫނު މަރުހަބާއެއް ކިޔަނީ
ސައުދީގެ ބަޖެޓް ފްލައިޓް ފްލައިނާސް އަލުން ރާއްޖެއަށް ދަތުރުތައް ފަށައިފި
ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައިފިއެވެ.
Advertisement

އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސުމުން ވަނީ ވޯޓާ ސަލިއުޓަކާއެކު މަރުހަބާ ކިޔާފައެވެ. އެ ފްލައިޓުން ރާއްޖެ އައި އައި ފަސިންޖަރުންނަށާއި ފުރި ފަސިންޖަރުންނަށް ވަނީ ހަނދާނީ ހަދިޔާވެސް ބަހާފަ އެވެ.

your imageސައުދީގެ ބަޖެޓް ފްލައިޓް ފްލައިނާސް އަލުން ރާއްޖެއަށް ދަތުރުތައް ފަށާ އައި ފުރަޔަމަ ފްލައިޓުން އައި ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔަނީ

ފްލައިނާސް އިން  ސައުދީގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. 

އެމްއޭސީއެލްއިން ބުނީ ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބިގެންދާނެ ބޮޑު ލުޔެއްކަމަށެވެ. އަދި ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު ދައުރެއް އަދާކުރާ ޤައުމަކަށްވާއިރު، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެ ކަމަށްވެސް އެމްއޭސީއެލުން ބުނެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;