މަނަދޫގައި ބޭއްވި ރަސްމިއްޔާތުގައި ކެމްޕަހުގެ ބިންގާ އަޅުއްވައި ދެއްވީ އައިޔޫއެމްގެ ވައިސް ޗާންސެލަރު ޑރ. އަލީ ޒާހިރާއި ޖުޑީޝަލް ސާވިސަސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެމްބަރު ހުސްނީ މުބާރަކްއެވެ.
މަނަދޫގައި ގާއިމުކުރާ ކެމަޕަހާއި އެކު އެތަނުގައި ކުދިން ތިބޭނެ ދަނާލެއްވެސް ހަދާނެއެވެ.
ކެމްޕަސް ޢިމާރާތުގައި ހަތަރު ކްލާސްރޫމާއި، ސެމިނާ ރޫމަކާއި، އިދާރީ އޮފީހަކާއި ލައިބްރަރީއަކާއި މީޓިން ރޫމެއް ހުންނާނެކަމަށް އައިޔޫއެމްއެިން ބުނެއެވެ.
އައިޔޫއެމްގެ މަނަދޫ ކެމްޕަހުގެ ބިންގާ އެޅުމުގެ ތެރެއިން
ކެމްޕަހުގައި އަޅާ ދަނާލަކީ 20 ދަރިވަރުންނަށް އެއްފަހަރާ ތިބެވޭ ވަރުގެ ތަނަކެވެ. އެތަނުގައި މުވައްޒަފުންގެ ސްޓޫޑިއޯ-ޓައިޕް އެކޮމޮޑޭޝަން ދެ ފްލެޓްވެސް ހުންނާނެކަމަށް އައިޔޫއެމްއޭއިން ބުނެއެވެ. މީގެއިތުރުން އިންޑޯ ކުޅިވަރުތައް ކުޅެވޭނެ ސަރަހައްދާއި ޖިމްގެ އިތުރުން ކެންޓީނުގެ ހިދުމަތް ލިބޭނެ އިންތިޒާމުވެސް ހަމަޖައްސާނެކަމަށް އައިޔޫއެމްއިން ބުނެއެވެ.
//openPhotoSwipe(); document.getElementById("btnA").onclick = openPhotoSwipe;